ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފި އެވެ.
31 މާޗް 2022
ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މިއަދު ސަސްޕެންޑްކޮށްފި އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ "މިހާރު" އަށް މިރޭ ވިދާޅުވީ ފާއިޒް ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުން ހެދި ސެކިއުރިޓީ އޮޑިޓަކަށް ފަހު ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު ފަށަންދެން ނުވަތަ ކަނޑައަޅާ މުއްދަތަކަށް އޭނާ މަގާމުން ދުރުކޮށްފައިވާ ކަމަށް ރިޒްނާ ވިދާޅުވި އެވެ.
"ފާއިޒްގެ މައްޗަށް ތުހުމަތުކުރެވެނީ ސީސީޓީވީ ކެމެރާތައް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލުމާއި އަދި ސުޕްރީމް ކޯޓުގެ މައުލޫމާތު ބޭރުކުރުމުގެ ތުހުމަތު،" ރިޒްނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އެސްޖީގެ މަގާމަށް ފާއިޒް އައްޔަންކުރީ ޖެނުއަރީ 7، 2019 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ސުޕްރީމް ކޯޓުގެ އެސްޖީގެ މަސްއޫލިއްޔަތުގެ ތެރޭގައި، އެ ކޯޓުގެ އިދާރީ ކަންތައްތައް ހިނގަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުމާއި އެސްޖީއާ ހަވާލުކޮށްފައިވާ ދާއިރާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ފޯރުކޮށްދިނުން ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްގީގެ މަޝްރޫއުތަކާއި އަދި ބޭނުންވާ ސްޓްރެޓިޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވައި، ތަންފީޒުކޮށް ހިންގައި މޮނިޓަރުކޮށް، ބެލެހެއްޓުން ފަދަ މަސައްކަތްތަކަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތުތަކެވެ.
ސުޕްރީމް ކޯޓުގެ އެސްޖީކަމުން ފާއިޒް ވަކިކުރީ ގޯސްކޮށް
ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކޮށްފި
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކޮށްފި
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ކޮމިޓީއަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ