Roadha Mihaaru
ނިއު ޕޯޓަށް 15 މިލިއަން ނުދީ މަޑުކުރަން އަންގައިފި

ނިއު ޕޯޓަށް 15 މިލިއަން ރުފިޔާ ނުދީ މަޑުޖައްސާލަން އަންގައިފި

15 އޮކްޓޯބަރ 2018

ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅާލަން ޖެހުމުން އެކަމުގެ ބަދަލުގައި، އެތަން ހިންގި ނިއު ޕޯޓު ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އިއްޔެ އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅާލަން ޖެހުމުން އެކަމުގެ ބަދަލުގައި، އެތަން ހިންގި ނިއު ޕޯޓު ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އިއްޔެ އަންގައިފި އެވެ.

ލޮނުޒިޔާރަތްކޮޅުގައި ހެދި، ބޭރުގެ ފްރެންޗައިޒެއް ކަމަށްވާ ޗާޓައިމް ތަޅާލީ، ބްރިޖުގެ ދަތުރުތަކަށް ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމަށެވެ. ޗާޓައިމް ހިންގީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ޕްލެޓްފޯމު އަޅަން ހަވާލުކުރި ސްޓްރާޑާ ކުންފުނިންނެވެ.

ޕްލެޓްފޯމާ އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ.

ޗާޓައިމްގެ ބަދަލުގެ ގޮތުގައި ދައުލަތަށް 15 މިލިއަން ރުފިޔާ ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ.

އޭސީސީ އިން ހައުސިން އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، ޗާޓައިމްގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމައި، އެ ފައިސާ ވަރަށް އަވަހަށް ނިއު ޕޯޓަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ބަލައި ވަކި އެއްޗެއް އަންގަންދެން ފައިސާ ދޫނުކުރަން ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އެއާއެކު، އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފޮނުވަން ވެސް ހައުސިން މިނިސްޓްރީ އަށް ވަނީ އަންގައިފަ އެވެ.

މި ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އޭސީސީން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު ދައުވާ ނުކުރާ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ.