12 އޮކްޓޯބަރ 2018
ހދ. ނެއްލައިދޫގައި ސަރުކާރުން ތަރައްގީ ކުރި 400 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރުގެ ދެކުނު ސަރަހައްދުން މިހާރު ފެންނަނީ މުޅިން އާދަޔާ ހިލާފު މަންޒަރެކެވެ. ބަނދަރުގެ 100 ފޫޓެއްހާ ހިސާބަށް އޮތީ ދޮންވެލިގަނޑެއް ފެތުރިފަ އެވެ. ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މިހާރު ބޮޑު "ފިނޮޅެކެވެ". މޫދަށް އެރި، މަޖާކޮށްލަން ވަރަށް ހިތްގައިމު މަންޒިލެކެވެ.
ހދ. ނެއްލައިދޫގައި ސަރުކާރުން ތަރައްގީ ކުރި 400 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރުގެ ދެކުނު ސަރަހައްދުން މިހާރު ފެންނަނީ މުޅިން އާދަޔާ ހިލާފު މަންޒަރެކެވެ. ބަނދަރުގެ 100 ފޫޓެއްހާ ހިސާބަށް އޮތީ ދޮންވެލިގަނޑެއް ފެތުރިފަ އެވެ. ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މިހާރު ބޮޑު "ފިނޮޅެކެވެ". މޫދަށް އެރި، މަޖާކޮށްލަން ވަރަށް ހިތްގައިމު މަންޒިލެކެވެ.
ނެއްލައިދޫ ބަނދަރު ހެދުމުގެ މަސައްކަތް 2011 ގައި ސަރުކާރުން ހަވާލުކުރީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް 2016 ގައި ނިންމި އިރު، 25 މިލިއަން ރުފިޔާ ހަރަދުވި އެވެ. ރައީސް އަބްދުﷲ ޔާމީން ނެއްލައިދޫ ބަނދަރު ހުޅުއްވައި ދެއްވީ އޮކްޓޯބަރު 25، 2016 ގަ އެވެ.
ނެއްލައިދޫ ބަނދަރު ސަރަހައްދަށް އާންމުން މޫދަށް އެރި މަޖާކުރަނީ
މި އަހަރުގެ ހުޅަނގު މޫސުމާ ދިމާކޮށް، ބަނދަރު ތެރެއަށް ވަރަށް ބޮޑަށް ވެލި ވަދެ، ބަނދަރުގެ ބައެއް އޮތީ "ބީޗަކަށް" ބަދަލުވެފަ އެވެ. ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ވެސް އެ ވެލިގަނޑު ގިރައިގެންނެއް ނުދެ އެވެ. ބަނދަރަށް ވެލި ވަދެ އެތަން ހިކުނުތާ މަހެއްހާ ދުވަސް ވީ އެވެ. އެއާ އެކު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ އުފުލަން ޖެހިފަ އެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ބަނދަރުގެ ހުޅަނގު ދެކުނު ކަނުން ފެށިގެން ރަށަށް އަރައި ފައިބަން ބޭނުން ކުރާ ސިޑިއާ ހަމަށް ހިކިފައިވާ ކަމަށެވެ. އަދި ދޯނިތައް ކައިރި ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަނދަރު ހަދާފައި އޮތް ގޮތުން ދެކުނު ފަރާތު ތޮށިގަނޑު އިންނަނީ މެދާ ހަމައަށް ޝީޓް ޕައިލްކޮށްފައި. ދެން ބޮޑު ގާ ޖަހާފައި ހުންނަނީ. އެހެންވެ ވެލިގަނޑު ބްލޮކް ނުވެ ގޮސް ބަނދަރު ތެރެއަށް ވަންނަނީ،" ބަނދަރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނާޒިމް ވިދާޅުވި އެވެ.
ނެއްލައިދޫ ބަނދަރު ހިކިފައި: ކަނޑުއުޅަނދުފަހަރު ދުއްވާ މީހުންނަށް އެތައް ދައްޗެއް ކުރިމަތިވޭ
އޭނާ ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް ހުއްޓެވެ. އެގޮތުން، ދުވަސްކޮޅަކަށް އެ މަސައްކަތް ހުއްޓުވާފައި އޮއްވައި ބަނދަރު ނިންމީ ވެސް އެ ޝަކުވާތައް އަޑުއެހުމެއް ނެތި ކަމަށް ވިދާޅުވި އެވެ.
"ބަނދަރު ހެދި ކުންފުންޏަށް އެނގޭނެ ކޮން ދިމާލަކުން ކަން ވެލި ވަންނަނީ. އެކަން އެނގި ތިބެ ބަނދަރުގެ މަސައްކަތް ނިންމާލީ. ރައްޔިތުންގެ އެތައް ޝަކުވާތަކެއް ހުރި އޭރު ވެސް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރު ތެރެއަށް ވެލި ވަންނަ އަނެއް ސަބަބަކީ ބަނދަރުގެ ދެ ފަރާތުގައި ފައި ކައްޓެއް ނެތުމެވެ. އެހެންވެ، ބަނދަރަށް ދިމާވެފައި އޮތް މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ހައްލަކަށް ވާނީ ދެކުނު ފަރާތު ތޮށިގަނޑު ބޮޑުކޮށް، ފައި ކަށިތައް ހަދައިގެން،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ބަނދަރުގެ ހިކިފައި އޮތް ބައި މިހާރު ސިފަކުރެވެނީ "ބީޗެއް"ގެ ގޮތުގަ އެވެ. އަދި އާންމުން ވަރަށް ގިނަ އިން އެތަނަށް މިހާރު މޫދަށް އެރި އުޅޭ ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ނެއްލައިދޫ ބަނދަރުގައި ހިކިފައި އޮތް ސަރަހައްދަށް ޑިންގީއެއް ކައިރިކޮށްފައި.
"ބައެއް އާންމުންނަށް މިކަންވެފައި އޮތީ ވަރަށް ޝައުގުވެރި ކަމަކަށް. ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް މޫދަށް އެރި މަޖާކޮށް ހަދާނެ. އެމީހުންނަށް މާ ހިތްގައިމު ތަނަކަށް ވެފައި އޮތީ. އެކަމަކު އޮޑިދޯނި ފަހަރު ކައިރި ކުރުމުގައި ބޮޑު ތަކުލީފަކާ ކުރިމަތިވެފައި އޮތީ،" ނާޒިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބަނދަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދަކަށް ވެލިގަނޑު ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ރަށު މީހުން ބުނެ އެވެ.
އެހެންވެ، އެ ރަށު ގިނަ މީހުންނާއި ކައުންސިލުން ތިބީ ސަރުކާރުން ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމުގެ އުންމީދުގަ އެވެ.
47 ބަނދަރަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި
ފިނޭ ވަށާލާފައި އޮތީ 40އަހަރުން ނުލިބުނު އުފާވެރިކަން
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
ސޮއިކުރި މަޝްރޫއުތަކަށް އެއް ބިލިއަން އަރާނެ: އަސްލަމް
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟
މާފުށިން މިއަދު ގޯތި ދޫކުރާނެ: ރައީސް
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
ބްރިޖު ހުޅުވާ ރަސްމިއްޔާތަށް ޗައިނާގެ މަންދޫބެއް
އެންމެ ގިނަ ބަނދަރު ހެދީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި