Roadha Mihaaru
47 ބަނދަރަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

47 ރަށެއްގެ ބަނދަރު ހެދުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދު ކޮށްފިން: މުއިއްޒު

24 ޑިސެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް 47 ރަށެއްގެ ބަނދަރު ހަދާފައިވާއިރު، އެކަމަށް 1.6 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް 47 ރަށެއްގެ ބަނދަރު ހަދާފައިވާއިރު، އެކަމަށް 1.6 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ހެދުމަށް ރައީސް ޔާމީން ދެއްވާ އަހައްމިއްޔަތު ފެނިގެންދާ ކަމެއް ކަމެކެވެ.

މުއިއްޒުގެ ޓްވީޓްގައި ވަނީ ބަނދަރު ހެދުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ވެސް ދެއްވައިފަ އެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް، 78 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެކަމަށް ޖުމްލަ 2.5 ބިލިއަން ރުުފިޔާ ޚަރަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލ. ގަމު ތުނޑީ ބަނދަރު: މި މަސައްކަތް ނިންމާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި

ލ. ގަމު ތުނޑީ ބަނދަރު: މި މަސައްކަތް ނިންމާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި

ނިމިފައިވާ ބަނދަރުތަކުގެ ތަފްސީލު

- 2014 ވަނަ އަހަރު ނުވަ ރަށެއްގައި ބަނދަރު ހެދުމަށް 284 މިލިއަން ރުފިޔާ

- 2015 ވަނަ އަހަރު ނުވަ ރަށެއްގައި ބަނދަރު ހެދުމަށް 315 މިލިއަން ރުފިޔާ

- 2016 ވަނަ އަހަރު 12 ރަށެއްގެ ބަނދަރު ހެދުމަށް 402 މިލިއަން ރުފިޔާ

- 2017 ވަނަ އަހަރު 17 ރަށެއްގެ ބަނދަރު ހެދުމަށް 614 މިލިއަން ރުފިޔާ

މުއިއްޒު ވިދާޅުވީ ނިމިފައިވާ މި ބަނދަރުތަކުގެ ތެރެއިން އިތުރު 31 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ. މި ބަނދަރުތަކަށް 900 މިލިއަން ރުފިޔާ ޚަރަދު ވެ އެވެ.

ފަހަކަށް އައިސް މިނިސްޓަރު މުއިއްޒު ގެންދަވަނީ ބަނދަރު ހެދުމުގެ މަސައްކަތް ނިމޭ ވަރަކަށް ޓްވިޓާގައި އެކަން އިއުލާން ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި އޭނާ ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ރަށްރަށުގެ އެންމެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކީ ރައީސް ޔާމީން ކަމަށެވެ.