Roadha Mihaaru
އައްޑޫ މާރާމާރީއާ ގުޅިގެން 5 މީހަކު ހައްޔަރުކޮށްފި

އައްޑޫ މާރާމާރީއާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފި

07 އޮކްޓޯބަރ 2018

ސ. މަރަދޫގައި ރޭ ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަތުގައި، އިތުރު ފަސް މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސ. މަރަދޫގައި ރޭ ޒުވާނަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ތުހުމަތުގައި، އިތުރު ފަސް މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސ. ފޭދޫ ގެއެއްގެ ތެރޭގައި ފިލައި ތިއްބައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައި ވަނީ 17 އަހަރާއި 22 އަހަރާ ދެމެދުގެ ފަސް ފިރިހެނުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން މިއަދު ވަނީ އެ މައްސަލައިގެ ތުހުމަތަށް 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފަ އެވެ. އެހެންކަމުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ހަޔަކަށް އަރަ އެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި އުމުރުން 22 އަހަރުގެ މުހައްމަދު އީވާންގެ ކަރަށާއި ބުރަކައްޓަށާއި ބޮލަށް ވެސް ވަނީ ވަޅި ހަރާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާއިރު ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިއަދު ހަވީރު އޭނާ ވަނީ މާލެ ގެނެސްފަ އެވެ. މިހާރު އޭނާ އޮތީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. އީވާންގެ ހާލު ސީރިއަސް ކަމަށާއި ނޭވާލައްވަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް އެނގިފައި ވެ އެވެ.