02 އޮކްޓޯބަރ 2018
ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްއާ ގުޅޭ ކަންބޮޑުވުންތަައް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފ އެވެ.
ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްއާ ގުޅޭ ކަންބޮޑުވުންތަައް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފ އެވެ.
އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ ޕީޕީއެމުން ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެހެންވެ އެ ކޮންގްރެސް އަކީ އަސާސީ ގަވާއިދާއި ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުތަކާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މީޑިއާ ނުވައްދައި، ދަރުބާރުގޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޕާޓީގެ ކޮންގްރެސްގައި ވަނީ ޕީޕީއެމްގެ އިސް މަގާމުތަކަށް މެމްބަރުން އައްޔަންކޮށްފަ އެވެ. އެގޮތުން ޕީޕީއެމްގެ އާ ރައީސަކަށް، އެ ޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބުކޮށްފަ އެވެ. އޭގެ އިތުރުން ޕާޓީއަށް ހަތަރު ނައިބު ލީޑަރުން ވެސް އިންތިޚާބުކޮށްފައިވެ އެވެ.
މައުމޫން ވިދާޅުވީ އެފަދަ ކޮންގްރެސް އެއް ބޭއްވޭނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެންނެވެ. ނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވާ ކައުންސިލަކީ އަސާސީ ގަވާއިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެއީ އެ ކައުންސިލްގެ މުއްދަތު މިއަހަރުގެ ޖެނުއަރީ މަހު ހަމަވެފައިވާތީ އެވެ.
ކައުންސިލް ބައްދަލުވުމެއް ބޭއްވޭނީ ވެސް ޕާޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށްވާއިރު އެމަނިކުފާނު ވަނީ ޕާޓީގެ ރައީސްގެ މަގާމުން އަސާސީ ގަވާއިދާ ހިލާފަށް ވަކިކޮށްފައިކަން މައުމޫން ވިދާޅުވި އެވެ.
"މި ގައުމީ ޖަލްސާއަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކުރިއަށްގެންދާ ޖަލްސާއެއްކަމުން ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ޝަކުވާ ވަނީ އިންތިޚާބު ކޮމެޓީއަށް ލިބިފަ އެވެ. އެގޮތުން ގައުމީ ޖަލްސާއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮއްވަވާފައި ނުވުމާއި ގިނަ ގޮފިތަކަށް ގައުމީ ޖަލްސާ ބާއްވާކަން އަންގާފައިނުވާކަމުގެ ޝަކުވާ ލިބިފައި ވެ އެވެ،" މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެ އެވެ.
ކޮންގްރެސްގައި ޕާޓީގެ ގިނަ މަގާމުތަކަށް އެތައް ބަޔަކު އިންތިޚާބު ކުރިއިރު އެފަދަ އިންތިޚާބެއް އޮންނާނެ ކަމަށް ކުރިން އިއުލާނުކޮށްފައިނުވާ ކަމަށް ވެސް ސިޓީގައި މައުމޫން ވިދާޅުވެފައި ވެ އެވެ. އޭގެ ސަބަބުން މަގާމުތަކަށް މެމްބަރުން ކުރިމަތިލުމާއި ކެމްޕެއިން ކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށާއި އެއީ ހައްގުތައް ގެއްލި އެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން ނިމިދިޔަ ގައުމީ ޖަލްސާ އަކީ ކަނޑައެޅިގެން އަސާސީ ގަވާއިދާ އަދި ޕާޓީގެ އިންތިޚާބު ތަކާއި ބެހޭ ގަވާއިދުތަކާއި ޕާޓީގެ އުސޫލުތަކާއި ހިލާފަށް ބޭއްވި ޖަލްސާއެއް ކަމުގައި ދަންނަވަމެވެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި ނިންމާފައިވާ ކަންތައްތައް ބަލައިގަތުމުގެ ކުރިން އެމަނިކުފާނު ފާހަގަކުރެެއްވި ކަންތައްތަކަށް ރިއާޔަތްކޮށްދެއްވުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމުން ހައި ކޯޓަށް
ޕީޕީއެމް މައްސަލަ ނެގީ ޝަކުވާ ބަލާތީ: ސުޕްރީމް ކޯޓް
"ކޮންގްރެސް ބާތިލްކުރުން ގަބޫލެއް ނުކުރަން"
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް އެދި ކޯޓަށް
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން އީސީއަށް ހުށަހަޅައިފި
އީސީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ: މައުމޫން