21 ޑިސެމްބަރ 2016
ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުން، އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތުން، އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ގާނޫނުގައި ބުނާ މުއްދަތަށް ވުރެން އިންތިހާބު ލަސްވަމުންދާތީ، ކަންބޮޑުވުން ފާޅުކުރައްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެތަނުގެ އަމަލުތައް ހުރި ގޮތުން މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައްޔިތުން ވެސް އެ ސުވާލު އުފައްދަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ގާނޫނުގައިވާ ގޮތުން، ކައުންސިލް އިންތިހާބު ޖެނުއަރީ 25 ގެ ކުރިން ބާއްވަން ޖެހެ އެވެ. ޖެނުއަރީ 14 ގައި އިންތިހާބު ބާއްވަން ނިންމާފައި ވަނިކޮށް ދެ މަހަށް ފަސްކުރީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް، ވަކި ބައެއްގެ މަސްލަހަތަށް ބުރަވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބު ފަސްކުރީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
އެއީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ހިލާފަށް އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގުތަކަށް ވެސް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނުބޭއްވުމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުގެ ވެރިކަން ހިންގަން ހުރަސްއެޅުމެވެ.
"އިންތިހާބު ފަސްވާ ކޮންމެ ދުވަހަކީ ވެސް އެ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ ދުރަށް ދާ ދުވަހެކެވެ. ވީމާ އިލެކްޝަންސް ކޮމިޝަނުން އެކޮމިޝަނުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވައި ދިނުމަށް ގޮވާލަމެވެ،" މައުމޫން ވިދާޅުވި އެވެ.
ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެއް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އިންތިހާބު ފަސްކުރަން ޕީޕީއެމްގެ ނަމުގައި ބަޔަކު ލަފާދީފައިވީ ނަމަވެސް އެއީ އެ ޕާޓީގެ އެއްވެސް މެމްބަރަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ބާއްވަން، އެ ބަޔާނުގައި މައުމޫން ވަނީ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ. އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭން ކުރުމުގެ ހައްގަށް ވެސް ހުރަސްނާޅާއި އެކަން ވެސް ފަހިކޮށްދޭން އެމަނިކުފާނު ގޮވާލެއްވި އެވެ.
އިންތިހާބު ފަސްކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާއިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަހަށް ފަސްކުރި ހުކުމް އިލެކްޝަނުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އިއްޔެ އެވެ. ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ހައި ކޯޓުން މިހާރު ނިންމިޔަސް، ޖެނުއަރީ 14 ގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފަ އެވެ.
އިންތިހާބު ކަންކަން އެބަދޭ، އެހެން ބަޔަކަށް ނުބެހެެވޭނެ
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
ފައިސާ ދޫކުރުމުން ޕީޕީއެމްގެ ދަރަނި ދައްކާނެ:އަދުރޭ
ޕީއެންސީ ފޯމުތައް ސައްހަ ނުވެގެން އާ ފޯމު ހުށަހަޅައިފި
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ޕީޕީއެމް މައްސަލަ ނެގީ ޝަކުވާ ބަލާތީ: ސުޕްރީމް ކޯޓް
ވަކި ބޭފުޅަކު ނެތަސް ހީނަރުކަމެއް ނާންނާނެ: ޕީޕީއެމް
އިންތިޚާބު ފަސްކޮށްފިނަމަ ޚަރަދުތައް ބޭކާރުވާނެ: އީސީ
ޕީޕީއެމްގެ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުމެއް ނުލިބުނު