01 އޮކްޓޯބަރ 2018
ކޮލަމްބޯ (ސެޕްޓެމްބަރު 1) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަކީ ބައިނަލްއަގުވާމީ ބޮޑު މުޖްރިމަކަށް ނުވެ ސަލާމަތްވީ މިހާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަބަބުން ކަމަށް ފައިނޭންސް އެންޑް މީޑިއާ މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ސެޕްޓެމްބަރު 1) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަކީ ބައިނަލްއަގުވާމީ ބޮޑު މުޖްރިމަކަށް ނުވެ ސަލާމަތްވީ މިހާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަބަބުން ކަމަށް ފައިނޭންސް އެންޑް މީޑިއާ މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ އިލެކްޓޯރަލް ކައުންސިލް އިފްތިތާހު ކޮށްދެއްވަމުން ސަމަރަވީރާ ވިދާޅުވީ ރާޖަޕަކްސާ އަށް ވެސް މިހާރު ގައުމުން ބޭރަށް ދަތުރުކޮށް ބައިނަލްއަގުވާމީ މުޖްތަމައާ ބައްދަލު ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ހުރިހާ ޝުކުރު ހައްގުވާ ފަރާތަކީ މިހާރުގެ ސަރުކާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑިސެމްބަރު 2014 ގައި ލަންކާ އޮތް ހާލަތު އެންމެން ވެސް އަދި ހަނދާން ހުންނާނެ. ދުނިޔޭގެ ޗާޓުގައި ލަންކާ ފާހަގަކޮށްފައި އޮތީ ލޭ ތިއްކެއްގެ ގޮތުގައި. ލަންކާ ސަރުކާރަށް ދިޔައީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރަމުން. އެކަމުގެ ބައިނަލްއަގުވާމީ ތަހުގީގެއް އޮތީ ފަށާފައި،" ސަމަރަވީރާ ވިދާޅުވި އެވެ. "އެކަމަކު އާ ސަރުކާރު ޖެނުއަރީ 2015 ގައި ގައުމާ ހަވާލުވުމަށް ފަހު ވަނީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން ކުރިއެރުން ހޯދާފައި. އިންސާނިއްޔަތާ ޚިލާފު އަމަލު ހިންގާ މީހުންނަށް ވަނީ އަދަބު ދޭން ފަށާފައި."
ސަމަރަވީރާ ވިދާޅުވީ ގައުމުން ބޭރަށް ދަތުރު ކުރުމުގެ ފުރުސަތު ރާޖަޕަކްސާ އަށް ދިނީ މިހާރުގެ ސަރުކާރުން ކަމަށާއި އެހެން ނޫން ނަމަ ބައިނަލްއަގުވާމީ ކޯޓަކުން ރާޖަޕަކްސާގެ މައްޗަށް ދައުވާ ކުރީސް ކަމަށެވެ.
"ބައިނަލްއަގުވާމީ ބޮޑު މުޖްރިމެއްގެ ގޮތުގައި ރާޖަޕަކްސާ ލޭބަލްވުމުގެ ކުރިން އޭނާ ސަލާމަތް ކުރީ ބޮޑު ވަޒީރު ރަނިލް،" ސަމަރަވީރާ ވިދާޅުވި އެވެ.
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ލަންކާގެ ބޮޑުވަޒީރުކަމަށް އަނެއްކާވެސް ރަނިލް
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާއަށް ނާކާމިޔާބުވުން މެންބަރުން ރަނިލް ޕާޓީއަށް
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ