29 ސެޕްޓެމްބަރ 2018
ޕީޕީއެމުން އިއްޔެ ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަރަކާތްތައް ހިންގާ އެމްއާރުއެމް އިން ބުނެފި އެވެ،
ޕީޕީއެމުން އިއްޔެ ބޭއްވި ކޮންގްރެސްގައި ނިންމި ނިންމުންތައް ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަރަކާތްތައް ހިންގާ އެމްއާރުއެމް އިން ބުނެފި އެވެ،
ޕީޕީއެމުން އިއްޔެ ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ރައީސަކަށް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް ނައިބު ރައީސް ކަމާއި ކައުންސިލް މެމްބަރު ކަމަށް ވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފަ އެވެ. އަދި ނޮވެމްބަރު 17 ގެ ފަހުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން އެ ޕާޓީން ރޭ ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
ޕީޕީއެމްގެ އިންތިޚާބީ ކޮމެޓީގައި ކުރިން ތިބި އަދި މިހާރު އެމްއާރުއެމްގައި ހަރަކާތްތެރިވާ ތިން ބޭފުޅަކު ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްގެ އަސާސީ ގަވާއިދު އޮތްގޮތުން ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ހިންގަން ޖެހޭނީ އިންތިޚާބު ކޮމެޓީން ކަމަށާއި އެކަމަކު އިއްޔެ ކުރިއަށް ދިޔަ ކޮންގްރެސްގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިކޮށްފައި ނުވާތީ އެ ކޮންގްރެސްގެ ނިންމުންތައް ސައްހަ ނުވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ގިނަ ގޮފިތަކެއްގެ ރައީސުންގެ ފަރާތުން ވެސް އެކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިއަދުން ފެށިގެން ކުރިއަށް ގެންދާ ގައުމީ ޖަލްސާއަކީ ކަނޑައެޅިގެން އަސާސީ ގަވާއިދާ އަދި ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދާ ޚިލާފަށް ބޭއްވޭ ޖަލްސާއެއް ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ކޮންގްރެސް ބާއްވަން ޕީޕީއެމް އިން ނިންމުމުން ކޮންގްރެސް ހުއްޓުވައި ދިނުމަށް މައުމޫންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަންގައި އެދުނެވެ. އެކަމަކު އެ ކޮމިޝަނުން ނިންމީ ކޮންގްރެސް ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލައާ މެދު އެ ކޯޓުން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
މި ހިތްވަރެއް ނޭލޭނެ: މައުމޫން
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
"ކޮންގްރެސް ބާތިލްކުރުން ގަބޫލެއް ނުކުރަން"
"އެކަނި ދަތުރުކުރަން ވެސް މިހުރީ ކަމަރު ބަނދެގެން"
ޕީޕީއެމް ކޮންގްރެސް ސައްހައެއް ނޫން: ޔުމްނާ
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން އީސީއަށް ހުށަހަޅައިފި
އަޅުގަނޑުމެން އަތުން ޕީޕީއެމް ގެންދެވޭނެ ހަމައެއް ނެތް
ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައި ޕާޓީ ހޯދާނަން
ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން
މައުމޫންގެ ފަނޑުވި ސިޔާސީ ހަޔާތުން އެތައް އިބުރަތެއް