Roadha Mihaaru
ޕީޕީއެމް ކޮންގްރެސް ސައްހައެއް ނޫން: ޔުމްނާ

ޕީޕީއެމް ކޮންގްރެސް ސައްހައެއް ނޫން: ޔުމްނާ

28 ސެޕްޓެމްބަރ 2018

ޕީޕީއެމުން މިއަދު ބޭއްވި ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި އެ ޕާޓީގެ އާ ރައީސަކަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކޮށްފައިވާއިރު އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކޮންގްރެސްއެއް ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕީއެމުން މިއަދު ބޭއްވި ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގައި އެ ޕާޓީގެ އާ ރައީސަކަށް، ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކޮށްފައިވާއިރު އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކޮންގްރެސްއެއް ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އުފެއްދެވި މައުމޫން ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚާއްސަ ގޮތުން ބާއްވާ ޖަލްސާ ކުރިއަށް ގެންދަނީ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުގައިވާ ގޮތަށް ގޮފިތަކުން އިންތިޚާބު ކުރާ މަންދޫބުން ބައިވެރިވެގެން ނޫން ކަމަށެވެ.

މީޑިއާ ނުވައްދައި، ދަރުބާރުގޭގައި ކުރިއަށް ގެންދާ ކޮންގްރެސްގައި، ޕީޕީއެމްގެ ރައީސްގެ އިތުރުން ނައިބު ރައީސުންގެ މަގާމަށް، މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސުން ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފަ އެވެ.

UPDATE: PPM ge naibu raeesunnah Adhurey, Zameer, Saeed adhi Azima

UPDATE: PPM ge naibu raeesunnah Adhurey, Zameer, Saeed adhi Azima

The most trusted news source in the Maldives

Mihaaru

ޕީޕީއެމް ކޮންގްރެސްއިން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން--

ތުލުސްދޫ ދާއިރާގެ މެމްބަރު އަދި މައުމޫން ޕީޕީއެމް ހިންގެވި ދުވަސްވަރު އެ ޕާޓީގެ ކައުންސިލް މެމްބަރަކަށް ހުންނެވި، މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމުން އެ ޕާޓީގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރި ނަމަވެސް އެއީ ބާތިލް ކަމެއް ކަމަށެވެ. އަދި ބާތިލް ކަމެއްގެ ފުށުމާއި ނިމުން ވެސް އަންނާނީ ބާތިލް ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޫން ފަރާތަކުން ކޮންގްރެސްގެ ނަމުގައި މަގާމުތަކެއް އިއުލާން ކުރިއަސް ބާތިލް ކަމެއްގެ ފެށުމާއި އަދި ނިމުމާ މެދު އެ ދެމެދުގައި ތަރުތީބްކޮށް ނިންމި އަދި ހިނގި ކޮންމެ ކަމެއް ވާނީ ބާތިލް އިންޝާﷲ،" ވަހީދު ވިދާޅުވި އެވެ.

ވައްޑެ ކުރެއްވި ޓްވީޓް--

އޭނާ ކުރިން ވަނީ ޕީޕީއެމް ކޮންގްރެސް ބާއްވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވައި އަދަބު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް ވަނީ ޕީޕީއެމުން މިއަދު ބޭއްވި ކޮންގްރެސް ހުއްޓުވައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށާއި ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް އެ އަމުރު ނެރެދީފައެއް ނުވެ އެވެ.

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.