Roadha Mihaaru
ގުދުސް އަކީ ސޭލް އަޅުވާފައިވާ ބިމެއް ނޫން: އައްބާސް

ގުދުސް އަކީ ސޭލް އަޅުވާފައިވާ ބިމެއް ނޫން: އައްބާސް

28 ސެޕްޓެމްބަރ 2018

ނިއު ޔޯކް (ސެޕްޓެމްބަރު 28) - ގުދުސް އަކީ ސޭލް އަޅުވާފައިވާ ބިމެއް ނޫން ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.ގެ ޖެނެރަލް އެސެމްބްލީގައި އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ސެޕްޓެމްބަރު 28) - ގުދުސް އަކީ ސޭލް އަޅުވާފައިވާ ބިމެއް ނޫން ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.ގެ ޖެނެރަލް އެސެމްބްލީގައި އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޒްރޭލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމާއި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާއި ވޮޝިންޓަނުގައި ހުންނަ ޕީއެލްއޯގެ އޮފީސް ބަންދުކުރުން އައްބާސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި އެ ނިންމުންތައް ބަދަލު ކުރުމަށް ޓްރަމްޕަށް ވަނީ ގޮވާލައްވައިފަ އެވެ.

"އެމެރިކާ އިން މި ހުރިހާ ކަމެއް ކޮށްފައި މި ގޮވާލަނީ ސުލްހަ އަށް. ދެ ދައުލަތް ގާއިމް ކުރުމުގެ ޕްލޭނެއް ހެދުމަށް،" އުމުރުން 82 އަހަރުގެ އައްބާސް ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.ގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.ގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މެދުއިރުމަތީގެ ސުލްހައިގެ މެދުވެރިއެއްގެ ގޮތުން އެމެރިކާ އަށް އިތުބާރު ނުކުރާނެ ކަމަށް އައްބާސް ވިދާޅުވާ ވިދާޅުވުން އދ.ގެ ތަގްރީރުގައި ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

އައްބާސްގެ 40 މިނިޓުގެ ތަގްރީރުގައި ވަނީ އިޒްރޭލުން ޖުލައި މަހު ފާސްކުރި ޔަހޫދީ ދައުލަތުގެ ގާނޫނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އައްބާސް ވިދާޅުވީ އެއީ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާ ނަސްލީ އިމްތިޔާޒުގެ ގާނޫނެއް ކަމަށެވެ.

އިޒްރޭލުން ހިންގާ ޖަރީމާތައް ބެލުމަށް އދ.ގެ އެންމެ މަތީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ތަހުގީގު ކުރުމަށް ވެސް އައްބާސް ވަނީ ގޮވާލައްވައިފަ އެވެ.

ޖެނުއަރީ 2017 ގައި އެމެރިކާގެ ވެރިކަމާ ޓްރަމްޕް ހަވާލުވެވަޑައިގަތުމަށް ފަހު އިޒްރޭލް ކޮޅަށް އެމެރިކާ އިން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ. ޓްރަމްޕް ވަނީ ފަލަސްތީނަށް ދޭ އެހީން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ކަނޑާލައިފަ އެވެ.