28 ސެޕްޓެމްބަރ 2018
މިއީ އެންޑްރޮއިޑް ފޯނުތަކުގެ ތަބީއަތުގައި ހުންނަ ކަމެކެވެ. ރިންގްޓޯން، ނޮޓިފިކޭޝަން، އެލާމް އަދި މީޑީއާ މޮލިއުމް ހެޔޮވަރުކޮށްލަން ހެންޑެލީގައި އިނގިލި ހަމަ ޖައްސާލާއިރަށް، އެއިރަކު ވޮލިއުމް ހެޔޮވަރުކޮށްފައި ހުންނަ މިންވަރުގައި، އަޑު ފެތުރިގަނެ އެވެ. މިއީ ބައެއް ފަހަރު ލަދުގަންނަން ޖެހޭ ކަމެކެވެ.
މިއީ އެންޑްރޮއިޑް ފޯނުތަކުގެ ތަބީއަތުގައި ހުންނަ ކަމެކެވެ. ރިންގްޓޯން، ނޮޓިފިކޭޝަން، އެލާމް އަދި މީޑީއާ މޮލިއުމް ހެޔޮވަރުކޮށްލަން ހެންޑެލީގައި އިނގިލި ހަމަ ޖައްސާލާއިރަށް، އެއިރަކު ވޮލިއުމް ހެޔޮވަރުކޮށްފައި ހުންނަ މިންވަރުގައި، އަޑު ފެތުރިގަނެ އެވެ. މިއީ ބައެއް ފަހަރު ލަދުގަންނަން ޖެހޭ ކަމެކެވެ.
އޮފީހެއްގައި ނުވަތަ އަޑު މަޑުކޮށް އޮންނަންޖެހޭ މާހައުލެއްގައި، ފޯނުގެ ރިންގްޓޯން މަޑުކޮށްލުމަށްޓަކައި އެއްފަހަރުން އެކަންކުރެވޭ ގޮތެއް އަދި އެންޑްރޮއިޑް ފޯނުތަކަށް ތައާރަފެއް ނުކުރެ އެވެ. މާހައުލަށް ތަބާވެ އަޑުމަޑުކުރުމަށްޓަކައި ޖެހެނީ ފޯނު "ވައިބްރޭޓް މޯޑް" ނުވަތަ "ސައިލެންޓް މޯޑް" އަށް ލާށެވެ. އެ ނޫން ގޮތެއްގައި ވޮލިއުމް ހެންޑެލިތަކާ ކުޅެންޖެހެނީ ވަރަށް ހުޝިޔާރުވެ ހުރެ އެވެ.
އެންޑްރޮއިޑް ބޭނުންކުރާ މީހުން ގޫގުލް އަށް މި ޚިޔާލު ހުށަހެޅުމުން ވަނީ ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެއީ އެންޑްރޮއިޑް 9 އަކަށް ގެންނަ އަޕްޑޭޓެއްގަ އެވެ. ބުނެވޭ ގޮތުގައި މި މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ އެވެ.
އެންޑްރޮއިޑް 9.0، ޕައި އަށް ފޯނު އަޕްޑޭޓްކުރުމުން، ވޮލިއުމް ހެޔޮވަރުކުރާއިރު އެއްވެސް އަޑެއް ނުއިވޭނެ އެވެ. އެކަމަކު މިއީ ވެސް މުޅިން ކަމުދާ ގޮތަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ވޮލިއުމް ހެޔޮވަރުކުރުމުގެ ކުރިން، އެއިރު އަޑު ހުންނަ މިންވަރު އަހާލެވޭނެ ގޮތެއް ވެސް ބޭނުންވެ އެވެ.
އެންޑްރޮއިޑް ޕައި އަޕްޑޭޓްކުރެވޭ ފެންވަރުގެ ފޯނެއް ގެންގުޅޭ ނަމަ މި އަޕްޑޭޓް ލިބޭތޯ ބަލައިބަލާށެވެ. ތަޖުރިބާކޮށްލުމުން ހުރި ފަސޭހަކަމެއް ވެސް އެނގިދާނެ އެވެ. ކަމުނުދާ ނަމަ އަނެއްކާ ވެސް ގޫގުލް އަށް ލިޔާނީ އެވެ. ކޮޅެއްގައި ޖެހެންދެންނެވެ.
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
އަލި ހެޔޮވަރުކުރަން ޑިވައިސްތަކަށް ދަސްކޮށްދެނީ
ޕިކްސެލް ފޯނުތަކުގައި ފާސްޓް ޗާޖިން މައްސަލަ އެބަ އުޅޭ
އެންޑްރޮއިޑް "ޕީ" އަށް ނަންކިޔައިފި
ލޮކޭޝަން ނުޖެއްސިޔަސް އެންޑްރޮއިޑް ފޯނު އޮންނަތަން ބެލޭ
އެންޑްރޮއިޑް "އޯ": ރިންގްޓޯން ބަދަލުކުރުން މެޓައެއް
ޕިކްސެލް 2 ގައި ހެޑްފޯނު ޖެކެއް ނީންނާނެ
ގޫގުލް ޕިކްސެލް ފެނުއަޑީގައި، އެއްގަޑިއިރު
ކަންވެ ނަން ނުވިޔަސް އެޗްޓީސީ އުފަލުން
ގޫގުލްގެ އަމިއްލަ ފޯނު ދައްކާލައިފި، ވަރަށް ފުރިހަމަ