Roadha Mihaaru
ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ: ސައުދީ

ސައުދީއާ އެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ: ޑެޕިއުޓީ އެމްބެސެޑަރު

27 ސެޕްޓެމްބަރ 2018

ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މަޓްރިކް އަލްދޮސަރީ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސެޑަރު މަޓްރިކް އަލްދޮސަރީ ރޭ ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ އެމްބެސެޑަރު ވިދާޅުވީ ރާއްޖެ އާއި ސައުދީއާ ދެމެދު އުފެދިފައި އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ.

ސައުދީގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ޖަލްސާ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސައުދީގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ޖަލްސާ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އޭނާ ސިފަ ކުރެއްވި ގޮތުގައި ރާއްޖެ އާއި ސައޫދީ އަކީ ދެ އަޚުންނެވެ.

އަދި ވިދާޅުވީ ރާއްޖެ އާއި ސައުދީ އާ ދެމެދު އުފެދިފައި އޮތް ގާތް ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ކުރިއެރުމާއި ހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި މިނިވަން މުއައްސަސާތަކުގެ އިސް ބައެއް ބޭފުޅުންނާއި ސައުދީ އެމްބަސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ ސައޫދީގެ ޑެޕިއުޓީ އެމްބެސެޑަރު (ކ) އަދި ސަރީރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރޭ ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ ސައޫދީގެ ޑެޕިއުޓީ އެމްބެސެޑަރު (ކ) އަދި ސަރީރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރާއްޖެ އާއި ސައޫދީ އަކީ ރަހުމަތްތެރި ދެ ގައުމުކަން ފާހަގަ ކުރައްވައި ފޮރިން ސެކްރެޓަރީ ސަރީރު ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމަށް ސައޫދީން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. އެހެންވެ، ސައުދީން ރާއްޖެއަށް ދޭ އެހީތެރިކަމަށް އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނަށް ސަރީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދުނު އެއް ގައުމަކީ ވެސް ސައުދީ އެވެ.

ސައުދީގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ޖަލްސާ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސައުދީގެ 88 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ޖަލްސާ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެގޮތުން، އެ ގައުމުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތާއި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް ހިމެނެ އެވެ. އަދި ހެޔޮއަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރިއެރުވުމަށް ސައުދީ ފަންޑުން އެހީތެރިވުމަށް ދާދި ފަހުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.