Roadha Mihaaru
ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ހަދައިފި

ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ހަދައިފި

20 ސެޕްޓެމްބަރ 2018

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާގައި މިއަދު މެޑިކަލް ޔުނިޓެއް ހުޅުވައިފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާގައި މިއަދު މެޑިކަލް ޔުނިޓެއް ހުޅުވައިފި އެވެ.

ފިޔަވަތި ކުޑަކުދިންގެ ހިޔާގައި މި މެޑިކަލް ޔުނިޓް ހުޅުއްވައިދެއްވުމަށް ފަހު ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި އުޅޭ ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވި މެޑިކަލް ޔުނިޓުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މި މެޑިކަލް ޔުނިޓުގައި އާންމު ބަލިތަކަށް ފަރުވާ ދޭނެ އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދިނުމާއި ހެލްތު ސްކްރީނިން އަށް ބޭނުންވާ ވަސީލަތްތައް ވެސް ހުރެ އެވެ. މީގެ އިތުރުން އައިވީ ގުޅުމާއި ބޭސްއެޅުމާއި އެހެން ބައެއް ހިދުމަތްތަށް ވެސް ލިބޭނެ އެވެ.

އުމުރުން 12 އަހަރުން ދަށުގެ 91 ކުދިން ފިޔަވަތީގައި އުޅެ އެވެ. އެތަނުގައި މީގެ ކުރިން ސިއްހީ ހިދުމަތްތައް ދެމުން އައީ އެތަނުގައި ހުންނަ މެޑިކަލް ރޫމެއްގަ އެވެ.