ދައުލަތުގެ މަރުކަޒުތަކުގައި ބަލަހައްޓަމުން އަންނަ ކުދިންނާއެކު، ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އިއްޔެ އީދު ފާހަގަކުރައްވައިފި އެވެ.
23 އޯގަސްޓް 2018
ދައުލަތުގެ މަރުކަޒުތަކުގައި ބަލަހައްޓަމުން އަންނަ ކުދިންނާއެކު، ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އިއްޔެ އީދު ފާހަގަކުރައްވައިފި އެވެ.
އެ މިނިސްޓްރީން ބުނީ ހުޅުމާލޭގައި ހުންނަ ފިޔަވައްޗާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ އެކު ވިންޓަ ޕާކަށާއި ރަސްރަނި ބަގީޗާއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޫޕަށް ވަޑައިގެން އެތަނުގައި ވެސް ކުދިންނާ އެކު ބައިވެރިވެވަޑައިގެން ކަމަށް ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކެއް، ވިންޓަ ޕާކުގައި އިއްޔެ ކުޅެނީ.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
އޭގެ އިތުރުން އާކާއި ބީޗް ކްލަބް މޯލްޑިވްސް ގުޅިގެން ވޯޓާ ސްޕޯޓްސް ކުޅިވަރުގެ ހަރަކާތްތަކެއް މަރުކަޒުތަކުގައި އުޅޭ ކުދިންނަށް ހިންގާފައި ވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ ހަރަކާތްތައް އިންތިޒާމްކޮށްފައިވަނީ ހައުސިން މިނިސްޓްރީއާ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން އެމްއެންޑީއެފާއި އެމްޓީސީސީގެ އެހީތެރިކަމާއެކުގަ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކަކާއެކު ޖެންޑާ މިނިސްޓަރު ޒެނީޝާ އިއްޔެ ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ދައުލަތުގެ ބެލުމުގެ ދަށުގައި 140 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ. ފިޔަވަތީގައި 13 އަހަރުން ދަށުން 89 ކުދިން އަދި ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގައި 13-18 އަހަރާ ދެމެދުގެ 51 ކުދިންް އަންނަނީ ބަލަހައްޓަމުންނެވެ.
ޒެނީޝާ އީދު ފާހަގަކުރެއްވީ ކުޑަކުދިންނާއެކު ސިނަމާގައި
"މައްސަލަަތައް ތަހުގީގުކުރުމުގައި ޒާތީ ކަމެއް ނޯންނާނެ"
ޝުޖާއު ފިޔަވައްޗަށް ވަން މައްސަލައިގައި ބަޔާން ނަގަނީ
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ކުދިން އުޅޭ ގޮތް ބެލުމަކީ އިތުރަށް ޓްރިގާ ވާނެ ކަމެއް
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ފިޔަވަތީގައި މެޑިކަލް ޔުނިޓެއް ހަދައިފި
ހަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކަށް ދީފި
ހިޔާގެ ކުދިންނަށް ދެވޭނީ ޖެންޑާއިން ބޭނުންވާ ހަދިޔާ