16 ސެޕްޓެމްބަރ 2018
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކޮށްފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާ ހަވާލުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ މިިދިޔަ މަހުގެ ނިޔަލަށް، ބެލެނިވެރިކަން ހަވާލުކުރި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން ފަސް މަހާއި 11 އަހަރާ ދެމެދުގެ ތިން ފިރިހެން ކުއްޖަކާއި ތިން އަންހެން ކުދިން ކަމަށެވެ. އެ ހުރިހާ ކުދިންނަކީ ވެސް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފިޔަވަތީގައި ބެލެހެއްޓި ކުދިންނެވެ.
ގާނޫނީ ބެލެނިވެރިކަން ހަވާލުކުރުމުގެ އިތުރުން މިދިޔަ މަހާ ހަމައަށް 10 ކުއްޖަކު ވަނީ އެ ކުދިންގެ އާއިލާތަކާ އަލުން ހަވާލުކޮށްފަ އެވެ. އެއީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބެލެހެއްޓި އުމުރުން އަށް މަހާއި 17 އަހަރާ ދެމެދުގެ ހަ ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންނެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި، ކުދިން ގެންގުޅެ ބޮޑުކުރުމަށް ކުރިމަތިލުމުން، ފޮސްޓާ ޕެނަލްް އިން އެ ބެލެނިވެރިންނާ އިންޓަވިއު ކުރެ އެވެ. އަދި ކުދިން ހަވާލު ކުރަނީ އިންޓަވިއުކޮށް، ބެލެނިވެރިޔާގެ ހާލަތު ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އެވެ. އެ ކުދިން ހަވާލުކުރާތާ ދުވަސްކޮޅެއް ފަހުން، ބެލެނިވެރިޔާގެ މައްޗަށް ކޯޓު މެދުވެރިކޮށް، ގާނޫނީ ގޮތުން ބެލެނިވެރިކަން ބަދަލުކުރާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. ދައުލަތުން ބަލަހައްޓާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ހޯދަން ހުށަހަޅާ މީހުންނަށް ހާއްސަ ޝަރުތުތަކެއްގެ މަތިން އެ ކުދިން ހަވާލުކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.
މީގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން ހޯދޭނެ އެންމެ މަތީ އުމުރަކީ 40 އަހަރެވެ. ނަމަވެސް އެ އުމުރު މިހާރު ވަނީ 60 އަށް މަތިކޮށްފަ އެވެ.
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!
ކުއްޖަކާ މެދު އަމަލުކުރިގޮތުން މުވައްޒަފަކު ސަސްޕެންޑް
ޝުޖާއު ފިޔަވައްޗަށް ވަން މައްސަލައިގައި ބަޔާން ނަގަނީ
ކުދިން އުޅޭ ގޮތް ބެލުމަކީ އިތުރަށް ޓްރިގާ ވާނެ ކަމެއް
ހިޔާގެ ކުދިންނަށް ދެވޭނީ ޖެންޑާއިން ބޭނުންވާ ހަދިޔާ
ޒެނީޝާ އީދު ފާހަގަކުރެއްވީ ކުޑަކުދިންނާއެކު ސިނަމާގައި
ކުދިން ހޮސްޕިޓަލަށް ދޫކޮށްލާ މައްސަލަ ބޮޑު: ޖެންޑާ