Roadha Mihaaru
ފައުޒިއްޔާއާ އެކު ޖަލަށްލި ސައިންސްވެރިޔާއަށް ބަދަލުދެނީ

ފައުޒިއްޔާއާ އެކު ނުހައްގުން ޖަލަށްލި ސައިންސްވެރިޔާ އަށް 24 އަހަރު ފަހުން އިންސާފު!

16 ސެޕްޓެމްބަރ 2018

ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަނާއި އޭނާގެ އެކުވެރިއެއް ކަމަށްވާ މަރިޔަމް ރަޝީދާއާ އެކު، ޖާސޫސްކުރިކަމުގެ ތުހުމަތުގައި ޖަލަށް ލި އިންޑިއާގެ ސައިންސްވެރިޔާއަށް ބަދަލެއްގެ ގޮތުން 5 މިލިއަން ރުޕީސް (1.1 މިލިއަން ރުފިޔާ) ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަނާއި އޭނާގެ އެކުވެރިއެއް ކަމަށްވާ މަރިޔަމް ރަޝީދާއާ އެކު، ޖާސޫސްކުރިކަމުގެ ތުހުމަތުގައި ޖަލަށް ލި އިންޑިއާގެ ސައިންސްވެރިޔާއަށް ބަދަލެއްގެ ގޮތުން 5 މިލިއަން ރުޕީސް (1.1 މިލިއަން ރުފިޔާ) ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުޅި އިންޑިއާގެ ސަމާލުކަން ލިބުނު އެ މައްސަލާގައި އިންޑިއާގެ ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގައި މަސައްކަތް ކުރެއްވި ސައިންސްވެރިޔާ ނަބްމީ ނަރަޔާނަންއަށް ބަދަލު ދޭން މިދިއަ ބުރާސްފަތިދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ކެރެލާ ސްޓޭޓް ސަރުކާރުގެ މައްޗަށެވެ.

ފައުޒިން އާއި މަރިޔަމް އާއި ނަބްމީގެ އިތުރުން އެހެން ދެ ސައިންޓިސްޓަކު ޖަލަށް ލީ، އިސްރޯގެ ސިއްރުތަކެއް، ދެ ދިވެހިން މެދުވެރިކޮށް ޕާކިސްތާނަށް ފޯރުކޮށްދޭކަމުގެ ތުހުމަތުގައި 1994 ގަ އެވެ.

އެ މީހުންގެ މައްޗަށް ކުރީ ދޮގު ތުހުމަތުތަކެއް ކަމަށް ފެނިގެން ދޫކޮށްލިޔަސް އިންސާފު ހޯއްދަވަން ނަމްބީ ކުރެއްވި މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ.

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ ދެ އަހަރު ވަންދެން ޖަލުގައި ގެންގުޅުނެވެ.

ފައުޒިއްޔާ އާއި މަރިޔަމް ހައްޔަރުކޮށްގެން ގެންދަނީ: ކުށެއް ނެތި ދެ އަހަރު ޖަލުގައި އަނިޔާ ލިބުނު --ފޮޓޯ/ހިންދުސްތާން ޓައިމްސް

ފައުޒިއްޔާ އާއި މަރިޔަމް ހައްޔަރުކޮށްގެން ގެންދަނީ: ކުށެއް ނެތި ދެ އަހަރު ޖަލުގައި އަނިޔާ ލިބުނު --ފޮޓޯ/ހިންދުސްތާން ޓައިމްސް

ނަބްމީއަށް ބަދަލުގެ ގޮތުގައި 10 ލައްކަ ރުޕީސް ދޭން އިންޑިއާގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2001 ގައި އެންގި އެވެ. އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ނަމާއި އަބުރަށް ލިބުނު ގެއްލުމުގެ އިތުރުން ތަހައްމަލުކުރެއްވި ވޭންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމަށާއި ކުށެއް ނެތި، އޭނާ ހައްޔަރުކޮށް "އޭނާގެ ނަމާއި މުސްތަގްބަލް ގެއްލުވާލި" ފުލުސް އޮފިސަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށް ދިނުމަށް އެދި އެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިޝްރާ ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ބެންޗުން ނިންމީ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފަސް މިލިއަން ރުފީސް ނަމްބީ އަށް ދެއްކުމުގައި، އޭނާ ހައްޔަރުކޮށް ތަހުގީގުގައި އުޅުނު އިސް އޮފިސަރުން ޒިންމާ ކުރުވުމުގެ ބާރު ކެރަލާ ސަރުކާރަށް އޮންނާނެ ކަމަށެވެ. އެ ތަހުގީގުގައި އުޅުނު ފުލުސް އޮފިސަރުން މިހާރު ތިބީ ފުލުހުންގެ ޚިދުމަތުން ރިޓަޔާކޮށްފަ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލާގައި ކެރަލާ ފުލުހުން އަދާކުރި ދައުރާއި ހައްޔަރުކުރި މީހުންނަށް ކޮށްފައިވާ އަނިޔާތަކާ ބެހޭ ހޯދުންތައް ހޯދަން ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.

"ކުށެއް ނެތި ޖަލަށް ލުމާއި ނުހައްގު ދައުވާ އާއި އޭނާ އަށް ކުރިމަތިލާން ޖެހުނު ލަދުވެތިކަމާއި ގެއްލިގެން ދިޔަ އަބުރާއި އިއްޒަތަކީ އެކަންކަމުގެ މައްޗަށް ނަޒަރު ކުރުމެއް ނެތި، ކޯޓަށް ދޫކޮށް ނުލެވޭނެ ކަންތައްތަކެއް" ކަމަށް ސުޕްރީމް ކޯޓުގެ ބެންޗުން ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ނަމްބީ ހުންނެވީ ހިތްހަމަޖެހިވަޑައިގެންފަ އެވެ. ބަންދުން މިނިވަން ވިޔަސް، އިންސާފު ހޯއްދަވަން އެތައް އަހަރެއް ވަންދެން ކުރެއްވި މަސައްކަތުގައި 24 އަހަރު ފަހުން ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން "ކުރިއަށް ވުރެ ވެސް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ސާފުކޮށް ބުނެފައި އެވަނީ އެއީ ގާނޫނާ ޚިލާފަށް ކުރި ހައްޔަރެކޭ. އަދި އަހަންނަށް ކުރިމަތިވި ލަދުވެތިކަމާއި ތަހައްމަލު ކުރި ވޭންތައް ފާހަގަކޮށް، އެކަންކަމަށް ވެސް އޮތީ ރިއާޔަތް ކޮށްފައި،" މިހާރު އުމުރުން 76 އަހަރުގެ ނަބްމީ ވިދާޅުވި އެވެ.

ނަބްމީގެ އިތުރުން އެހެން ދެ ސައިންސްވެރިޔަކު ވެސް ހައްޔަރުކުރި އެވެ. އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން ނަބްމީއާ ސުވާލު ކުރުމަށް ފަހު، އެ މައްސަލާގައި ދެން ތިބި ބައެއް މީހުންނާ ދެކޮޅަށް ދޮގު ހެކިބަސް ދެއްވަން މަޖުބޫރު ކުރުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Thahugeegu othee olhuvaalaafi: Fauziyya aai Rasheedha ah India gai libunee nuhaggu aniyaathakeh

Thahugeegu othee olhuvaalaafi: Fauziyya aai Rasheedha ah India gai libunee nuhaggu aniyaathakeh

The most trusted news source in the Maldives

Mihaaru

ފައުޒިއްޔާ އާއި މަރިޔަމް ހައްޔަރު ކުރުމާ ބެހޭ ގޮތުން "މިހާރު" ގައި ކުރިން ލިޔެފައިވާ ލިޔުމެއް

ހައްޔަރު ކުރިތާ 50 ދުވަސް ފަހުން ކަފާލާތުގެ ދަށުން ނަބްމީ އާއި އަނެއް ދެ ސައިންޓިސްޓުން ދޫކޮށްލިޔަސް ފައުޒިއްޔާ އާއި މަރިޔަމް ދޫކޮށްލީ ދެ އަހަރު ފަހުންނެވެ.

އެ މީހުންގެ ކުށެއް ނެތްކަން ހާމަވީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެ މައްސަލައިގެ ތަހުގީގާ ހަވާލުވުމުންނެވެ.

ކެރަލާ ފުލުހުންނާއި އައިބީ އިން ކުރި އެ ތަހުގީގުގައި އެއްވެސް އަސްލެއް ނެތް ކަމަށް ސީބީއައިގެ ތަހުގީގުން ހާމަވި އެވެ. ފައުޒިއްޔާ އާއި މަރިޔަމް ހިމެނޭ ގޮތަށް، އެ މައްސަލާގައި ހައްޔަރުކުރި އެންމެން މިނިވަންވީ ސީބީއައިގެ ރިޕޯޓަށް ރިއާޔަތްކޮށް، ހުރިހާ ދައުވާތަކެއް ކޯޓުން ބޭރުކޮށްލުމުންނެވެ.