Roadha Mihaaru
ހަމަނުޖެހުން ނުހިންގާތި، އެ ފުރުސަތެއް ނުދޭނަން: އިބޫ

ވޯޓުލާ ދުވަހު ހަމަނުޖެހުން ނުހިންގާތި، އެ ފުރުސަތެއް ނުދޭނަން: އިބޫ

15 ސެޕްޓެމްބަރ 2018

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ މަސްލަހަތު ނަގާލަން ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ ކަމެއް ކޯލިޝަންގެ އެއްވެސް ސަޕޯޓަރަކު ނުކުރުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ސޯލިހް (އިބޫ) މިއަދު ޅ. އޮޅުވެލިފުށީގައި އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން ޅ. އޮޅުވެލިފުށިން މުހައްމަދު ޔާމީން

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ މަސްލަހަތު ނަގާލަން ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ ކަމެއް ކޯލިޝަންގެ އެއްވެސް ސަޕޯޓަރަކު ނުކުރުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، މުހައްމަދު ސޯލިހް (އިބޫ) މިއަދު ޅ. އޮޅުވެލިފުށީގައި އެދިވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޮޅުވެލިފުށީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ވޯޓުލާ ދުވަހު މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ރާއްޖޭގެ އެއްވެސް ރަށެއްގައި ނުހިނގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިބޫ އަށް މަރުހަބާ ދަންނަވަން އޮޅުވެލިފުށިން މިއަދު ނުކުތް މީހުން. - ފޮޓޯ: އެމްޑީޕީ

އިބޫ އަށް މަރުހަބާ ދަންނަވަން އޮޅުވެލިފުށިން މިއަދު ނުކުތް މީހުން. - ފޮޓޯ: އެމްޑީޕީ

"ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަޕޯޓަރުން، ގުޅިފައިވާ ކޯލިޝަންގެ ފަރާތުން އެކަހަލަ އެއްވެސް ކަމަކަށް ފުރުސަތެއް ނުދޭނަން،" ޅ. އަތޮޅުގައި އޮންނަ އެންމެ އާބާދީ ކުޑަ ރަށުގައި ހުންނަވައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވޯޓުލުމުގެ ކަންކަން ނިންމާނީ ސުލްހަވެރިކަމާއި އަމާންކަމާ އެކީގަ އެވެ. އެހެންވެ، ވީހާވެސް އަވަހަކަށް ރައްޔިތުން ވޯޓުލައި ނިންމުމަށް ފަހު، ގެއަށް ދާން ވާނީ ނަތީޖާ ހޯދުމަށް ފަހު ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެއްވެސް ހަމަނުޖެހުމެއް ނުހިންގަން އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

"ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އިންތިހާބުގެ ކަންކަން ނިމެންދެން މަޑުކޮށްލަދެއްވާ. ތޭވީސް ސެޕްޓެމްބަރުގައި ނެގޭ ވޯޓަކީ ގައުމަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތް ފަށައިގަންނަ ދުވަހަށް ވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އޮޅުވެލިފުށިން، އޭނާއަށް ކީ ހޫނު މަރުހަބާއަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ އޮޅުވެލިފުށިން ބޮޑު ތާއީދެއް ލިބިގެންދާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކަށް ވަޑައިގަތުމުން ވެސް، އެ ރަށެއްގެ ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިއަދު އޮޅުވެލިފުއްޓަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ މިއަދު އޮޅުވެލިފުއްޓަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ އޮޅުވެލިފުށީ ޒުވާނުންނަށް ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުމުގެ އިތުރުން ރަށު ބަނދަރު ފުންކޮށް، ބޮޑުކޮށްދޭނެ ކަމަށެވެ.