Roadha Mihaaru
އިންތިހާބުގައި ނަމޫނާއަކަށް ނަގަންވީ މެލޭޝިއާ: ފައިސަލް

މެލޭޝިއާ ނަމޫނާއަކަށް ބަލައި ކޮރަޕްޝަނަށް ނޫނެކޭ ބުނޭ: ފައިސަލް

14 ސެޕްޓެމްބަރ 2018

ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ދާދި ފަހުން ވެރިކަން ބަދަލުވި މެލޭޝިއާގައި ހުންނަވައި ދިވެހިންނާ ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ދާދި ފަހުން ވެރިކަން ބަދަލުވި މެލޭޝިއާގައި ހުންނަވައި ދިވެހިންނާ ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ބަހުގެ ހޫނު ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

ކުއާލަ ލަމްޕޫރުގެ ޕާކް ރޯޔަލް ހޮޓަލުގައި ގިނަ އަދަދެއްގެ ދިވެހިންނާ ބައްދަލު ކުރައްވައި ފައިސަލް ވަނީ ކޮރަޕްޝަނަށް އާއެކޭ ބުނަނީ ކޮން ގައުމަކުންތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އޭނާ މިސާލަކަށް ދެއްކެވީ މެލޭޝިއާ އެވެ.

މޭމަހު ބޭއްވި މެލޭޝިއާގެ އިންތިހާބުގައި، ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވީ، 22 އަހަރު ވެރިކަން ކުރެއްވުމަށް ފަހު 2003 ގައި ރިޓަޔާކުރެއްވި ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދެވެ. މަހާތީރު އިންތިހާބުގައި ވާދަކުރެއްވީ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ޕާޓީ ދޫކޮށްލައްވައި އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންނެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުން-- ފޮޓޯ: ސާއިމް މޫސާ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުން-- ފޮޓޯ: ސާއިމް މޫސާ

"މެލޭޝިއާގެ އިންތިހާބުގެ ކަންކަން ހިނގަމުންދިޔަ އިރު ދިވެހިން ވަރަށް ފޯރީގައި ބަލަމުން ދިިޔައީ. ދުނިޔޭގެ ކޮން ގައުމަކުންތޯ އިންތިހާ ދަރަޖައިގެ ކޮރަޕްޝަނަށް މަރުހަބާ ކިޔާފައި އޮތީ؟،" ފައިސަލް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އޮތީ ލިބޭ އެންމެ ފުރުސަތެއްގެ ވެސް ބޭނުން ހިފައި މިކަންތައް ހުއްޓުވާލުން. އެކަމުގެ އަލިގަދަ ހެއްކެއް އަޅުގަނޑުމެންނަށް މެލޭޝިއާއިން ފެނިގެން ދިޔައީ."

ރާއްޖޭގެ ތާރީހުގައިވެސް ނުހިންގާ ފަދަ ކޮރަޕްޝަންގެ އަމަލުތައް މި ސަރުކާރުން ހިންގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަރައްގީ ދަނީ ދާން ޖެހޭ ސްޕީޑުގައި ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަން ހައްލު ކުރެވެން އޮތީ އިދިކޮޅު ކޯލިޝަނަށް ވެރިކަން ދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރަނިވެރިވާ ގޮތަށް މަޝްރޫއުތައް ހިންގިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވެނީ ދެކޮޅު ޖެހޭ ގޮތަށްތޯ ބަލަން ޖެހޭ ކަމަށެވެ. ކޮރަޕްޝަން އިންތިހާއަށް އިތުރުވެ މިއަދު ފެންނަމުން ދަނީ ކުރާ ކޮންމެ ޕްރޮޖެކްޓަކާ އެކު ހިޔާނާތުގެ ކަންކަން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ އެކު 15 އަހަރު މަސައްކަތް ކުރެވިއްޖެ ކަމަށާއި އިބޫ އަކީ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އިބޫގެ ފަސްބައިގައި ކިލަނބުކަމެއް އަދި އަނިޔާވެރިކަމާއި ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް ނެތް ކަމަށް ފައިސަލް ވިދާޅުވި އެވެ.