11 ސެޕްޓެމްބަރ 2018
ގައުމީ ޓީމަށް ކުރިމަތިވާ ފާޑުކިޔުންތަކަކީ ސިޔާސީ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންނަ ފާޑުކިޔުުމަކަށް ވެދާނެ ކަމަށާއި އޭނާ މިހުރީ ބައްސާމުގެ ދިފާއުގައި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
ގައުމީ ޓީމަށް ކުރިމަތިވާ ފާޑުކިޔުންތަކަކީ ސިޔާސީ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންނަ ފާޑުކިޔުުމަކަށް ވެދާނެ ކަމަށާއި އޭނާ މިހުރީ ބައްސާމުގެ ދިފާއުގައި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
އަލީ އަޝްފާގް (ދަގަނޑޭ) ވެސް ހިމެނޭ ގޮތަށް މުހިއްމު އެތައް ކުޅުންތެރިންތަކަށް ފުރުސަތު ނުދީ ގައުމީ ޓީމު ގޮވައިގެން ސެގާޓް ސާފް ސުޒުކީ ކަޕަށް ގޮސް ނެރެމުން އަންނަ ނަތީޖާތަކަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަކު ސެގާޓް ދެކެނީ އެކަމުގައި ސިޔާސީ ސަބަބުތަކެއް އޮވެދާނެ ކަމަށެވެ.
"އަހަރެން މިހުރީ އޭނާގެ ދިފާއުގައި. އެއީ އަހަރެން ގެނައީ އޭނަ. އެކަމަކު މިއީ (ސިޔާސީ ކުރަން) ޖެހޭ ވަގުތެއް ނޫން. މިއީ އަހަރެމެން އެކުގައި ސެމީ ފައިނަލަށް ނުކުންނަންވީ ވަގުތު،" ސެގާޓް ބުންޏެވެ.
ސެގާޓް ވަކިކޮށް ގައުމީ ކޯޗުކަން ވަގުތީ ގޮތުން އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އަށް ދޭން ބައެއް ނޫސްވެރިން ގޮވާލަމުން އަންނާތީ ސެގާޓް ވަނީ އެކަމަށް ރައްދުދީފަ އެވެ. ސެގާޓް އެކަން ނެގީ އޭނާ އާއި ޝާކިއްޓެ ޖައްސަން ބަޔަކު ކުރާ ކަމެއްގެ ގޮތުގަ އެވެ.
"އެ މީހުން މަސައްކަތްކުރީ އަހަރެންގެ އެންމެ ގާތް އަހަރެންގެ އެސިސްޓަންޓް ކޯޗު ޝާކިރު އަހަންނާ ދެކޮޅަށް ނެރެން. އެކަމަކު އެހެނެއް ނުވި. އަހަރެމެން އެ އަށް ވުރެން ބަދަހިކޮށް މިތިބީ. ޝާކިރު އަކީ މިދިޔަ ނުވަ ވަރަަކަށް އަހަރު ގައުމީ ޒުވާން ޓީމުތަކުގައި މަސައްކަތްކުރި މީހެއް. އެކަމަކު އޭނާ އަދި ސީނިއާ ޓީމަށް އަންނަން ތައްޔާރެއް ނޫން. އަހަރެމެންގެ ކުރިމަތީގައި އޮތީ ސެމީ ފައިނަލެއް. އެންމެންގެ ފޯކަސް މި އޮތީ އެ ދިމާލަށް،" ސެގާޓް ބުންޏެވެ.
ސެގާޓް ފަހުރުވެރިކަމާ އެކު ބުނީ ކިތަންމެ ފާޑުކިޔަސް "އަދިވެސް އަހަރެންނަކީ ގައުމީ ޓީމުގެ ކޯޗު" ކަމަށެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ނޫސްވެރިން ގައުމީ ޓީމު ފައިނަލަށް ދާން ބޭނުންނުވާ ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދިޔައީ ސްރީ ލަންކާއާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ވެސް އެއްވަރުވެ، ގުރެއް ނަގައިގެން އެ ދިމާވުމުންނެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމު ސަރަހައްދީ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި އެންމެ ދަށްކޮށް ދިޔަ ފަހަރެވެ. ސެމީގައި ވާދަކުރަން ޖެހޭ ނޭޕާލުން ވަނީ އެންމެ ފަހުން ރާއްޖެއާ ވާދަކުރި ދެ ފަހަރު ރާއްޖެ ބަލިކޮށްފަ އެވެ. އެއީ 2016 ގެ ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން 4-3 އިން އަދި އެ އަހަރުގެ ބަންގުބަންދު ގޯލްޑް ކަޕްގައި 4-1 އިންނެވެ. ސެގާޓް ބުނީ އެ މެޗުތަކާ މެދު ނުވިސްނާ ކަމަށެވެ.
"ނޭޕާލަކީ ވަރަށް ވަރުގަދަ ޓީމެއް. މީގެ ދެ އަހަރު ކުރިން އަހަންނެއް ނޫން ކަންނޭނގެ މި ޓީމުގައި ހުރީ. އެ ޓީމުގައި ހުރީ އެ ކޯޗު ނޫން ކަމަށް ވެސް ވެދާނެ. މީގެ ދެ އަހަރު ކުރިން ވީ ކަމަކާ މެދު އަހަންނެއް ނުވިސްނަން. އަހަރެން ބޭނުންވަނީ މުސްތަގުބަލު. މާދަމާ ކުޅޭ މެޗު. އަހަރެމެން މާދަމާ މި ނުކުންނަނީ ކުރިއަށް އޮތް ދެ އަހަރަށް ބަލާއިރު އެންމެ މުހިއްމު މެޗާ. އެންމެންގެ ސަޕޯޓް ބޭނުން. ބަންގްލަދޭޝް މީހުންގެ ސަޕޯޓް ވެސް ބޭނުން،" ސެގާޓް ބުންޏެވެ.
އޭނާ ބުނީ ޓީމުގައި ކުދި ކުދި އަނިޔާގެ މައްސަލަތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ވެސް ހިމެނޭ ކަމަށެވެ. އެކަމަކު މާދަމާގެ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމަށް ސެގާޓް ބުންޏެވެ.
ރާއްޖެ އާއި ނޭޕާލް ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަމާ 3 ޖަހާއިރު އެވެ.
ރާއްޖެ ތަށި ހޯދައިފި! މަރުހަބާ އާއި ސާބަސް!
ދެ ވަނަ ހާފް: ރާއްޖެ 3-0 ނޭޕާލް
ދެ ވަނަ ހާފް: ރާއްޖެ 0 - 0 ލަންކާ
ރާއްޖެ މެޗު މިރޭ، ޕީއެސްއެމަށް ދެއްކޭނެތަ؟
ސާފް ސުޒުކީ ކަޕް އަންނަ އަހަރު ސެޕްޓެމްބަރުގައި
ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!
މޮޅު ކުޅުންތެރިޔާގެ ރަށަށް ތަށި ގެންދިއުން ހުކުރުގައި
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މާޔޫސްވެފައި!
ރަށްރަށަށް ސާފް ތަށި ގެންދަން އަންނަ ހަފްތާގައި ފަށަނީ
ސަމުއްޓެ: ހިތްވަރާއި ތަފާތު ދެއްކި ދިފާއީ ތަނބު