20 ސެޕްޓެމްބަރ 2018
މީގެ ކުރިން ދެކުނު އޭޝިއާގެ މުބާރާތްތަކުގައި ރާއްޖޭން އެންމެ ވިދުން ގަދައީ ފޯވާޑުންނެވެ. އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުން ވަނީ ވެސް ދިވެހި ފޯވާޑުންނާ މެދު އެވެ. އެކަމަކު މި އަހަރުގެ ސާފް ސުޒުކީ ކަޕް ރާއްޖޭން ކާމިޔާބުކުރިއިރު ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ޑިފެންސެވެ. ސްރީ ލަންކާ، ނޭޕާލް އަދި އިންޑިއާ ހުއްޓުވުމުގަ އެވެ. ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު މުހައްމަދު ފައިސަލާއި އަކްރަމް އަބްދުލްގަނީ އަށް އެ މަސައްކަތުގައި އެންމެ ބޮޑު ފަސޭހައެއްކޮށްދިނީ މާޒިޔާގެ ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.
މީގެ ކުރިން ދެކުނު އޭޝިއާގެ މުބާރާތްތަކުގައި ރާއްޖޭން އެންމެ ވިދުން ގަދައީ ފޯވާޑުންނެވެ. އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުން ވަނީ ވެސް ދިވެހި ފޯވާޑުންނާ މެދު އެވެ. އެކަމަކު މި އަހަރުގެ ސާފް ސުޒުކީ ކަޕް ރާއްޖޭން ކާމިޔާބުކުރިއިރު ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ޑިފެންސެވެ. ސްރީ ލަންކާ، ނޭޕާލް އަދި އިންޑިއާ ހުއްޓުވުމުގަ އެވެ. ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު މުހައްމަދު ފައިސަލާއި އަކްރަމް އަބްދުލްގަނީ އަށް އެ މަސައްކަތުގައި އެންމެ ބޮޑު ފަސޭހައެއްކޮށްދިނީ މާޒިޔާގެ ޒުވާން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ.
ޒުވާން އުމުރުގައި ސަމުއްޓެ ވަނީ 2015 ވަނަ އަހަރު ގައުމީ ޓީމު ވޯލްޑް ކަޕް ކޮލިފައިންގައި ވަރުގަދަ ގަތަރާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ. އެ ދެ މެޗުގައި ރާއްޖެ ބަލިވި ނަމަވެސް ތަޖުރިބާ މަދު ސަމުއްޓެ ފަރާތުން އުއްމީދީ ކުޅުމެއް ވަނީ ފެނިފަ އެވެ.
ގައުމީ ކޯޗުކަމާ ޕީޓަ ސެގާޓް ހަވާލުވުމަށް ފަހު މިހާތަނަށް ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައި ސަމުއްޓެ ކުޅުނީ އިތުބާރާ އެކު އެވެ. އެ ތަފާތު ސާފްގައި ވެސް ފެނިއްޖެ އެވެ. ރާއްޖޭގެ ޑިފެންސް ލައިނަށް އިތުބާރު ހޯދައިދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު (ވ) އާއި ސަމުއްޓެ. -- ފޮޓޯ: އިމޭޖަސް،އެމްވީ
ސާފްގެ ފައިނަލުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެޕްޓަން އަކްރަމަށް އަނިޔާވެގެން ބާލަން ޖެހުނެވެ. ދެން ޑިފެންސް ލީޑުކުރުމުގެ ޒިންމާ އެޅުނީ ސަމުއްޓެ ބޮލުގަ އެވެެ. އަކޫގެ ބަދަލުގައި ދެން ކުޅެން އެރީ ވެސް ޒުވާން ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ރާއްޖޭން އެ މެޗު 2-1 އިން ކާމިޔާބުކުރިއިރު، ހެލްމެޓަށް ވެސް އިތުބާރުދީގެން ސަމުއްޓެ ދެއްކި ކުޅުން ފާހަގަކުރި އެވެ.
"މި މުބާރާތުގައި އަހަންނަށް ރާއްޖޭގެ ފަހަތް ފެނުނީ ވަރަށް އޮގަނައިޒްކޮށް. ހަގީގަތުގައި އެ މީހުންގެ ފަހަތަކީ އެ މީހުންގެ މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ. ފަހަތުގައި ތިބި ކޮންމެ ކުޅުންތެރިއަކަށް މި ކާމިޔާބީގެ ކްރެޑިޓް ހައްގު،" އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން "މިހާރަ"ށް ބުންޏެވެ.
ގައުމީ ޓީމުން ސަމުއްޓެ އަށް އެންމެ ފުރަތަމަ ފުރުސަތު ދިނީ ކުރިން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ނިއު ޒީލެންޑުގެ ރިކީ ހާބަޓް އެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ނިއު ޒީލެންޑަށް ކޯޗުކޮށްދިން ހާބަޓް 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާހަކަ ދައްކަމުން ބުނީ ސަމުއްޓެ އަކީ މުސްތަގުބަލުގައި ގައުމީ ޓީމުގެ ލީޑަރަކަށްވާނެ ފަދަ ކުޅުންތެރިއެއް ކަމަށެވެ. އެ ކޮލިޓީ އޭނާގެ އެބަހުރި ކަމަށެވެ. މި ފަހަރުގެ ސާފްގައި ސަމުއްޓެ ވަނީ އެ ފަދަ ހިތްވަރެއް ދައްކައިފަ އެވެ.
މީގެ ކުރިން އޭނާ ފެންނަނީ މީޑިއާ ކުރިމަތިލާން ވެސް ލަދުގަންނަން ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗަށް ފަހު މީޑިއާ އަށް ދައުވަތު ދިނީ އޭނާ އަމިއްލަ އަށެވެ. މިއީ ވެސް އޭނާގެ އިތުބާރަށް ބަދަލު އައިސްފައިވާކަން ސާބިތުވާކަމެކެވެ.
ބޯނަސް ދިން ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް!
މޮޅު ކުޅުންތެރިޔާގެ ރަށަށް ތަށި ގެންދިއުން ހުކުރުގައި
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން މާޔޫސްވެފައި!
ރަށްރަށަށް ސާފް ތަށި ގެންދަން އަންނަ ހަފްތާގައި ފަށަނީ
"ތަޖުރިބާކާރު ކޯޗު" އެދެނީ އޭނާގެ ބަސް އެހުމަށް
ޒުވާން ޓީމުގެ ކާމިޔާބީގެ ފަހަތުގައި ހުރި ޒުވާން ކޯޗު
ބޮޑު ބޯޓުން އައި ރަން ޓީމަށް ލޯބި ބަންޑުންކޮށްލައިފި
ކުޅުނީ ދެ މެޗު، އެކަމަކު އެންމެން ހައިރާންކޮށްލި
ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދަނީ
ހަގީގަތަކަށްވީ ހުވަފެނާއި ނިޒާމްބެ ދިން ހިތްވަރު