13 ސެޕްޓެމްބަރ 2018
ވާޖަހައިގެން ތަންޑިޔާ ލައިގެން އެތައް ބަޔަކުވެގެން ދަމާފައި އޮޑިދޯނިފަހަރު އެހެލި ޒަމާން މާޒީވެއްޖެ އެވެ. އެއީ ބުރަ އަދި އެތައް އިރެއް ހޭދަވާ ކަމެކެވެ. އަދި ތަންޑިޔާގައި ހިފަހައްޓައިގެން ތިބޭ މީހުންނަށް އޮބި ނޯވެގެން ދޯނި ވެއްޓި މުދަލަށާއި މީހުންނަށް ބޮޑެތި ގެއްލުންތައް ވެސް ލިބިފައި އެބަހުއްޓެވެ.
ވާޖަހައިގެން ތަންޑިޔާ ލައިގެން އެތައް ބަޔަކުވެގެން ދަމާފައި އޮޑިދޯނިފަހަރު އެހެލި ޒަމާން މާޒީވެއްޖެ އެވެ. އެއީ ބުރަ އަދި އެތައް އިރެއް ހޭދަވާ ކަމެކެވެ. އަދި ތަންޑިޔާގައި ހިފަހައްޓައިގެން ތިބޭ މީހުންނަށް އޮބި ނޯވެގެން ދޯނި ވެއްޓި މުދަލަށާއި މީހުންނަށް ބޮޑެތި ގެއްލުންތައް ވެސް ލިބިފައި އެބަހުއްޓެވެ.
އެކަމަކު މިހާރު އޮޑި ދޯނިފަހަރު އެހެލަން ބޭނުންކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޝިޕް ޔާޑްތަކުގައި ވެސް ބޭނުންކުރާ ވަސީލަތްތަކެވެ. ރާއްޖޭގައި ވެސް މިހާރު ވަނީ ވިންޗުގެ ބަދަލުގައި، އިލެކްޓްރޯނިކް ކެރޭން ބޭނުންކޮށްގެން ބޮޑެތި ބޯޓުފަހަރު އެހެލަން ބޯޓު ހޮއިސްޓް ބޭނުންކުރަން ފަށައިފަ އެވެ.
އެމްޓީސީސީގެ ބޯޓް ޔާޑްގައި ބޭނުންކުރާ ބޯޓު ހޮއިސްޓުން ބާޖެއް އުފުލަކީ: މިތަން ހުޅުވުމާއެކު އުޅަނދުފަހަރު އެހެލުމުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައި.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ބޯޓު ހޮއިސްޓަކީ ފަޅުގައި އޮންނަ އުޅަނދުގައި ވާ ޖަހައިގެން އުފުލާލައިގެން ގެންދަން ބޭނުންކުރާ ވެހިކަލަކަށް ކިޔާ ނަމެކެވެ. މިފަދަ ބޯޓު ހޮއިސްޓެއް އެމްޓީސީސީން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
މީގެ އެއް އަހަރު ކުރިން އެ ކުންފުނިން ކ. ތިލަފުށީގައި، 200 ޓަނުގެ އުޅަނދުތައް އުފުލޭވަރުގެ ބޯޓު ހޮއިސްޓެއް ބޭނުންކުރަން ފެށުމާއެކު ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. އޭގެ ސަބަބަކީ އުޅަނދު ރައްކާތެރިކަމާއެކު އެހެލައި ބޭލުމުގެ ހިދުމަތަށް އުޅަނދުފަހަރުގެ ވެރިންގެ އިތުބާރު ލިބުމެވެ.
"އަޅުގަނޑުމެންނަށް އެއް އަހަރުގެ ތެރޭގައި ޑިމާންޑް ވަރަށް ބޮޑުވެފައި ވަނީ. އަޅުގަނޑުމެން ބޭނުންކުރާ މެތަޑް ސޭފް [ރައްކާތެރި]ވުމުން. މިތަނުގައި މި ބޭނުންކުރާ ބޯޓު ހޮއިސްޓަކީ އުޅަނދަށް ގެއްލުމެއް ނުލިބޭ ގޮތަށް އޮޕަރޭޓްކުރެވޭ އެއްޗެއް،" އެމްޓީސީސީގެ ލޮޖިސްޓިކް ޑިޕާޓްމަންޓް، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހުސެއިން ޒުހުރީ ވިދާޅުވި އެވެ.
އެމްޓީސީސީ ބޯޓުޔާޑުގެ ހިދުމަތް ފެށިތާ މިއަދު އެއް އަހަރު ފުރޭއިރު، އެ ބޯޓް ޔާޑުގައި އެހެން އުޅަނދުތައް ވެސް އެހެލަން މިހާރު ބޮޑު ކިޔޫއެއް އޮވެ އެވެ. އެތަނަށް މިހާރު ބޮޑެތި ދޯނިފަހަރުގެ އިތުރުން ސަފާރީ އާއި ޓަގުބޯޓު ވެސް އެހެލައި، މަރާމާތުކުރެ އެވެ.
އެމްޓީސީސީގެ ބޯޓް ޔާޑްގައި ބޭނުންކުރާ ބޯޓު ހޮއިސްޓުން ބާޖެއް އުފުލާލައިގެން ގެންދަނީ: މިއީ އުޅަނދުފަހަރު އެހެލުމަށް ބޭނުންކުރާ އެންމެ ރައްކާތެރި ގޮތް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
"މިތަން ހުޅުވި ފަހުން މިހާރު ރަށްރަަށުން ވެސް އެބަ އާދޭ ބޮޑެތި ދޯނިތައް އެހެލަން. މިތަނުން ދޯނި ފަހަރު އެހެލުމުގެ އިތުރުން އެހެން ހިދުމަތްތައް ވެސް ލިބެން ހުންނާނެ،" ޒުހުރީ ވިދާޅުވި އެވެ.
ތިލަފުށީގައި ހުންނަ އެމްޓީސީސީގެ ބޯޓު ޔާޑުގައި އިންޖީނުގެ މަރާމާތުކޮށް ދިނުމާއި ދަވާދުލުމުގެ އިތުރުން އިލެކްޓްރިކަލް މަސައްކަތްތައް ވެސް ކޮށްދެ އެވެ. އެތަނުން ދަގަނޑު އަދި ފައިބަރު، ލަކުޑި އުޅަނދު ފަހަރު އެހެލައި، ފެހި ކަހައި ދަވާދުލައި، ދަގަނޑުން ބަދެފައި ހުންނަ އުޅަނދުތަކުގެ ވެލްޑިން މަސައްކަތްތައް ކުރުމާއި އެ އުޅަނދުގެ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް މަސައްކަތްތަކާއި މެޝިނިން މަސައްކަތްތައް ވެސް ކޮށްދިނުން ހިމެނެ އެވެ.
އެތަނަށް އެހެލާ އޮޑީގެ ވެރިޔާގެ ހާޒިރުގައި އުޅަނދު މަރާމާތުކުރުމުގެ މަސައްކަތްކުރާއިރު، ތިލަފުށީގައި ހުރުމާއި ކެއުމުގެ އިންތިޒާމް ވެސް ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން ހަމަޖައްސައިދެ އެވެ.
ތިލަފުށީގައި ހުންނަ އެމްޓީސީސީ ޝިޕްޔާޑަށް އެ ކުންފުނީގެ ފެރީ ދޯންޏެއް އެހެލާފައި. ފޮޓޯ: އެމްޓީސީސީ
"އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތެއް ލިބެން ހުރުމުން ވަރަށް ގިނަ ބަޔަކު ހިދުމަތް ހޯދަން މިތަނަށް އާދޭ. މިދިޔަ އެއް އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް،" ޒުހުރީ ވިދާޅުވި އެވެ.
މިތަނުގައި އޮޑިދޯނިފަހަރު އެހެލުމުގެ އިތުރުން ފައިބަރާއިި ލަކުޑި އަދި ދަގަނޑުން އުޅަނދު ފަހަރު ބަނުމުގެ ހިދުމަތް ވެސް ލިބެންހުރެ އެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ހިދުމަތް ރަނގަޅު އެއް ބޯޓުޔާޑެވެ.
"މީގެ އިތުރުން މިތަނުގައި ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކުރަން މިދަނީ މަސައްކަތްކުރަމުން. އެ ހިދުމަތްތައް ވަރަށް އަވަހަށް ދޭން ފަށާނަން،" ޒުހުރީ ވިދާޅުވި އެވެ.
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން ހަތް ދުވަސް ދީފި
އާރްޓީއެލް: ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިއްޖެ
އެމްޓީސީސީން ތިލަފުށީގައި އިމަޖެންސީ ޑްރިލްއެއް
އާއްމު ދަތުރުތައް ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމެއް
އެމްޓީސީސީގެ ހުންގާނުގައި ކުންފުނީގެ ފިސާރި ކަނބަލުން
އެމްޓީސީސީން މާލީ ރެކޯޑަކަށް ފަހު ރެކޯޑެއް
އެމްޓީސީސީގެ މާލިމީ އާޒިމްގެ ކާމިޔާބު ދެ އަހަރު
އެމްޓީސީސީގެ 41 އަހަރުވީ ކާމިޔާބުގެ ދަތުރު
ދިވެހިންގެ މެދުގައި ނަން މަޝްހޫރު ކާސްޓްރޯލް
އެމްޓީސީސީގެ ފަހުރު: ގައުމު ބިނާކުރަން ދިވެހި ދަރިން