07 ސެޕްޓެމްބަރ 2018
ކަަރަންޓާ ގުޅުން ހުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތްތައް އަދިވެސް ކުރަން ޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މިރޭ ވިދާޅުވެއްޖެ އެވެ.
ކަަރަންޓާ ގުޅުން ހުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތްތައް އަދިވެސް ކުރަން ޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން މިރޭ ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަރުކާރުން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކި ވީޑިއޯއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ހިދުމަތް އިތުރަށް ހަރުދަނާ ކުރަން އަދި ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ލަމްއާން ވިދާޅުވީ ރަށްރަށަށް 24 ގަޑިއިރު ކަރަންޓު ނުލިބުމަކީ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ ވައުދު ފުއްދުމަށްޓަކައި ފެނަކައިން ދިޔައީ 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް 35 ޖަނަރޭޓަރު ހަދިޔާކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީގެ ހަ އަހަރު ކުރިން ފެނަކަ ވުޖޫދަށް އައުމާ ހަމައަށް، ރަށްރަށަށް 24 ގަޑިއިރު ކަރަންޓެއް ނުލިބޭ ކަމަށާއި އޭރު ބޭނުން ކުރަމުން ދިޔައީ ވެސް ވަރަށް ބާ އިންޖީނުގެތަކެއް ކަމަށް ލަމްއާން ވިދާޅުވި އެވެ. އެހެންވެ، ރަށްރަށުގައި ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކައިން ހަވާލުވެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
ލަމްއާން ވިދާޅުވިގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން ފެނަކައިން އަންނަނީ ރަށްރަށުގައި ހުރި ޖަނަރޭޓަރުތަކާއި ޑިސްޓްރިބިއުޝަން ނެޓްވޯކާއި ތެޔޮ ރައްކާކުރާނެ ޓޭންކާއި ރައްކާތެރި ސަރަހައްދުތަކަށް އިންޖީނުގެތައް ބަދަލުކުުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 600 އެއްހާ މިލިއަން ރުފިޔާގެ މަސައްކަތް ފޯރުކޮށްދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހަމައެއާ އެކު ކުރިއަށްދާ އަދި ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ އެކު ގާތްގަނޑަކަށް އަޅުގަނޑަށް އަންދާޒާ ކުރެވެނީ 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އަޅުގަނޑުމެން އެބަޖެހެއޭ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން،" ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައިި ލަމްއާން ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް 35 ޖަނަރޭޓަރު ހަދިޔާކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފާތުން ބައިވެރިވެވަޑައިގަންނަވީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ރައީސް ޔާމީންގެ މުހިއްމު އެއް ވައުދުގެ ތެރޭގައި ހިމެނޭ 24 ގަޑިއިރު ކަރަންޓު ޔަގީންކަން މިހާރު ފުއްދައިދީފައިވާ ކަމަށެވެ. އެހެންވެ އެ ވައުދުގެ ފައިދާ ރައްޔިތުންނަށް މިހާރު ލިބެމުން އަންނަކަން ލަމްއާން ފާހަގަކުރެއްވި އެވެ.
މިހާތަނަށް 26 އިންޖީނުގެއެއް ރައްކާތެރި ސަރަހައްދަކަށް ބަދަލު ކޮށްފައިވާއިރު މިހާރު ވެސް 33 އިންޖީނުގެއެއް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް 35 ޖަނަރޭޓަރު ހަދިޔާކުރަން ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ އެމްބަސީގެ އިސްބޭފުޅަކާއެކު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ކ) އަދި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ލަމްއާން ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި 304 ޖަނަރޭޓަރު ހޯދާފައިވާ ކަމަށެވެ. އޭގެ އިތުރުން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޖަނަރޭޓަރު ގަތުމުގެ މަސައްކަތަށް ސަރުކާރުން 304 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ކޮށްފައިވާ ކަމަށް ވެސް ލަމްއާން ވިދާޅުވި އެވެ.
ކަރަންޓު ފޯރުކޮށްދިނުމުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށް ކަމަށް ވުމުން ސަރުކާރުން މިހާރު އަންނަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ގޮތްތައް ބަލަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރަށްރަށަށް ކަރަންޓު ދިނުމުގެ ކަންކަން ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.
ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކޮށްފި
ކަރަންޓް ޖެހި، މީހަކު މަރުވުމުން ފެނަކަ ޖޫރިމަނާކޮށްފި
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ކަރަންޓު އަގު ހެޔޮކުރަން މަޖިލިހަށް ގަރާރެއް
އެއްބަސްވުންތައް މުރާޖާ ކުރަން ކޮމެޓީއެއް ހަދައިފި
މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ ވަކިވެދާނެ
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ރާއްޖޭގެ އިގުތިސޯދު ވަރުގަދަ، ދަރަނި އަދާކުރާނެ:ވަހީދު
ރައީސް ޔާމިންގެ މަރުހަބާ ޗައިނާގެ ރައީސް ޝީއަށް
ރާއްޖެ އަށް ޗައިނާ އެހީތެރިވަނީ ހެޔޮއެދިގެން: ރަައީސް