08 ޖޫން 2018
ރާއްޖޭގެ އިގުތިސޯދު ވަރުގަދަ ކަމަށާއި ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގުތިސޯދު ވަރުގަދަ ކަމަށާއި ޗައިނާ އަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ، ޗައިނާ އިން ރާއްޖެ އަށް ގިނަ ލޯނުތަކެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ ލޯނުތައް ނުދައްކައިގެން، ޗައިނާ އިން އައިސް ރާއްޖޭގެ "އަތް ބިންދާލަފާނެ" ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޗައިނާގެ ނުފޫޒު ރާއްޖެ އަށް ގަދަކޮށް، އަވަށްޓެރި އިންޑިއާ އަށް ދުރަށް ޖެހިފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ރާއްޖެ ތާށިވެފައި ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ކަމަށެވެ. އެ ގައުމުތަކުގެ ދެމެދުގައި ޖެހޭ މައްސަލަތަކާ މެދު މަޝްވަރާ ކޮށްގެން ހައްލު ހޯދުން މުހިއްމު ކަމަށާއި އެހެން ނޫނީ ރާއްޖެ ފަދަ ގައުމުތަކަށް އެކަމުގެ އުނދަގޫ ބޮޑުވެގެން ދާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
"ކުދި ގައުމުތަކަށް އުނދަގޫ ހާލަތެއް މިއީ. ހަމައެކަނި ރާއްޖެއަކަށް ނޫން. ދެކުނު އޭޝިޔާ އާއި އެފްރިކާ އަދި ތަރައްގީ ވަމުން އަންނަ ހުރިހާ ގައުމުތަކަށް މި އުނދަގޫ ކުރިމަތިވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޗައިނާގެ ބޭންކަކުން ރާއްޖެ އިން އެންމެ ފުރަތަމަ ލޯނެއް ނެގީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެދޮރުވެރި ކުރުވުމުގެ މަޝްރޫ އަށް ކަމަށާއި ނަމަވެސް އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޯނުތައް ނަގާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރާއްޖެ ހިމެނޭއިރު، އެ ސަރަހައްދުގައި ނުފޫޒު ގަދަވުމަށް ރާއްޖޭގެ ތާއީދު ގައުމުތަކަށް ބޭނުންވާ ކަމަށާއި ރާއްޖެ މުހިއްމު ވެގެން ދަނީ ވެސް އެ ސަބަބާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ބޮޑެތި ގައުމުތަކުން، އެ މީހުން މައްސަލަތައް އަމިއްލަ އަށް ހައްލުކޮށް، އެ ދެމެދަށް ރާއްޖެ ނުވެއްދުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން މިހާރު ރާއްޖެ އަށް ލޯނެއް ނުދެ އެވެ. އެހެންވެ، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާ އިން ފަންޑު ނަގަން މަޖުބޫރު ވަނީ ކަމަށް ވިދާޅުވި އެވެ.
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
އިންޑިއާގެ ލޯނުތައް މާ ލުއިވާނެ: ފައްޔާޒު
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
ޗައިނާ އޮތީ އޮތް ތަނުގައި، ގާތްވީ އިންޑިއާ: ޔާމީން
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ޗައިނާ-އިންޑިއާގެ ދުޝްމަނަކަށް ރާއްޖެ ވެދާނެ: އާދަމް
އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް