05 ސެޕްޓެމްބަރ 2018
ޒިއުރިކް (ސެޕްޓެމްބަރު 5) – ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ހޯދުމަށް އިންޓަ މިލާނުން ގަވާއިދާ ހިލާފާށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް މެޑްރިޑުން ފީފާ އަށް ހުށަހެޅި މައްސަލައިގައި އިންޓައާ މެދު ފިޔަވަޅު ނާޅަން ފީފާ އިން ނިންމައިފި އެވެ.
ޒިއުރިކް (ސެޕްޓެމްބަރު 5) – ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ހޯދުމަށް އިންޓަ މިލާނުން ގަވާއިދާ ހިލާފާށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް މެޑްރިޑުން ފީފާ އަށް ހުށަހެޅި މައްސަލައިގައި އިންޓައާ މެދު ފިޔަވަޅު ނާޅަން ފީފާ އިން ނިންމައިފި އެވެ.
ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރި ހިސާބުން ފެށިގެން މޮޑްރިޗާއި އިންޓަ ގުޅުވައިގެން ވާހަކަތައް ފެށުނެވެ. ކްރޮއޭޝިއާގެ މުހިއްމު ކުޅުންތެރިންތަކެއް އިންޓަގައި ތިބުމުން މޮޑްރިޗް ވެސް އެ ކްލަބަށް ބަދަލުވާން ބޭނުން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ވޯލްޑް ކަޕަށް ފަހު މޮޑްރިޗް މެޑްރިޑުގެ ފަރިތަކުރުންތަކާ ނުގުޅި ލަސްކުރީ ވެސް ޓްރާންސްފާގެ ވާހަކަތައް ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދައްކަން ކަމަށް ވެސް އަޑުފެތުރުނެވެ.
މެޑްރިޑުން ހުށަހެޅި މައްސަލަ ބަލައި، ހެކިތައް ދިރާސާކުރުމަށް ފަހު ފީފާ އިން ނިންމީ މައްސަލަ ނިންމާލާށެވެ.
ފީފާގެ ޓްރާންސްފާ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިޔެއްގެ ކޮންޓްރެކްޓުގައި ބާކީ ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮވެއްޖެ ނަމަ އޭނާއާ ވާހަކަދެއްކޭނީ ކްލަބުގެ ހުއްދަ ލިބިގެންނެވެ.
ޕެރޭޒް ވަނީ މޮޑްރިޗް ގެންދެވޭނެ ހަމައެކަނި ގޮތަކީ އޭނާގެ ކޮންޓްރެކްޓް އުވާލެވޭ އަދަދު ކަމަށްވާ 750 މިލިއަން ޔޫރޯގެ އަގު ދެއްކުން ކަމަށެވެ. އެކަމަކު އެއީ ޓްރާންސްފާ ބާޒާރުގެ އަގުތަކަށް ބަލާއިރު އެއްވެސް ކްލަބަކުން ގަބޫލުކުރާނެ އަދަދެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޑްރިޑުން މޮޑްރިޗް ވިއްކާނުލީ ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ދޫކޮށް ގޮސްފައިވާ ދަނޑިވަޅެއްގައި އިތުރު ތަރިއަކު ގެއްލުނު ނުދޭން ކަމަށެވެ.
ފީފާގައި މޮޑްރިޗް އިންޓަ ދިފާއުކޮށްފި
މޮޑްރިޗް މައްސަލައިގައި އިންޓަ އަށް އިންޒާރުދީފި
ސުޕަ ކަޕްގެ ތައްޓާއެކު އެމްބާޕޭއަށް ހުވަފެނީ ފެށުމެއް
މޮޑްރިޗަށް އާއެއްބަސްވުމެއް ނޫން، ރެއާލްގެ ކޯޗުކަށްވާން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ރެއާލް ދޫކޮށްލާކަށް މޮޑްރިޗް ބޭނުމެއް ނުވި
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ރެއާލަށް ދެރަ ޚަބަރެއް، މާސެލޯ ޓީމު ދޫކޮށްލައިފި
ރެއާލުން ޗެމްޕިއަންސް ލީގުގައި 1،000 ލަނޑުޖަހައިފި
ޕީއެސްޖީ ބަލިކޮށް މެންޗެސްޓާ ސިޓީ ދެވަނަ ބުރަށް