27 ޖޫން 2023
މެޑްރިޑް (ޖޫން 27) - ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް އިތުރު އަހަރަކު އެ ކްލަބުގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މެޑްރިޑް (ޖޫން 27) - ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗް އިތުރު އަހަރަކު އެ ކްލަބުގައި މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް، 37، މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެ ކަމަށް ރިޕޯޓްކުރީ ސައުދީ އަރަބިއާގެ ކްލަބްތަކުން އޭނާ ހޯދުމުގެ ޝައުގުވެރިކަން ފާޅުކުރުމުންނެވެ. އެކަމަކު މޮޑްރިޗް، ރެއާލްގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދިނުމުން ސައުދީގެ ޓްރާންސްފާ މަޑުޖެހުނެވެ. އެންމެފަހުން ރެއާލްގައި އިތުރު އަހަރަކު މަޑުކުރަން މޮޑްރިޗް ނިންމީ އެވެ.
އާ އެއްބަސްވުމާ އެކު މޮޑްރިޗް އަންނަ ސީޒަނުގައި ހުންނާނީ ރެއާލްގަ އެވެ. އަންނަ ސީޒަން ނިމޭއިރު މޮޑްރިޗަށް 38 އަހަރު ވާނެ އެވެ. އެހެންވެ ދެން އޮތީ ރެއާލްގައި މޮޑްރިޗް ހޭދަކުރާނެ ފަހު ސީޒަން ކަމަށް ބެލެވެ އެވެ.
މީގެ 11 އަހަރު ކުރިން ޓޮޓެންހަމް ހޮޓްސްޕާ އިން ރެއާލަށް ބަދަލުވެ މޮޑްރިޗް ވަނީ އެ ކްލަބަށް 488 މެޗު ކުޅެފަ އެވެ. ރެއާލްއާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ލީގު ތަށި ތިން ފަހަރު މޮޑްރިޗް ވަނީ ހޯދައިފަ އެވެ. ރެއާލުން މިދިޔަ 10 ވަރަކަށް އަހަރު ޔޫރަޕްގައި ހޯދި ކާމިޔާބީގައި މޮޑްރިޗްގެ ދައުރު ބޮޑެވެ.
މޮޑްރިޗް ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް އެ އަހަރު ހޯދައިފަ އެވެ.
ރެއާލްގައި މަޑުކުރަން ނިންމުމަށް ފަހު މޮޑްރިޗް ވަނީ އޭނާގެ ގެއަކީ ރެއާލް ކަމަށް ބުނެފަ އެވެ.
މޮޑްރިޗްގެ އިތުރުން ޓޮނީ ކްރޫސް އާއި ޑެނީ ސެބަޔޯސް އަދި ނަޗޯ ފެނާންޑޭޒް ވަނީ ރެއާލްގެ އެއްބަސްވުން އާކޮށްފަ އެވެ. އާ ސީޒަނަށް ރެއާލުން ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު އިންގްލެންޑްގެ ހުނަރުވެރި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ގެނެސްފަ އެވެ.
ސުޕަ ކަޕްގެ ތައްޓާއެކު އެމްބާޕޭއަށް ހުވަފެނީ ފެށުމެއް
މޮޑްރިޗަށް އާއެއްބަސްވުމެއް ނޫން، ރެއާލްގެ ކޯޗުކަށްވާން
ކްރޮއޭޝިއާ ޓީމުން އަންނަ އަހަރު ވެސް މޮޑްރިޗް ފެންނާނެ
ރެއާލަށް ދެރަ ޚަބަރެއް، މާސެލޯ ޓީމު ދޫކޮށްލައިފި
"ރޮނާލްޑޯ ނެތި ރެއާލް ވަރުގަދަވީ ޓީމެއްގެ ގޮތުގައި"
ރެއާލުން ފަސް ކުޅުންތެރިން ވިއްކާލަން ތައްޔާރު
މޮޑްރިޗް މި ފަހަރު ކޮންޓްރެކްޓް އާކުރާނެ
އާ ކޮންޓްރެކްޓަށް މޮޑްރިޗް ނޫނެކޭ ބުނެފި
ކްރޮއޭޝިއާގެ މަގާމު ދަމަހައްޓަން ބޭނުން: މޮޑްރިޗް
މޮޑްރިޗް މައްސަލައިގައި އިންޓަ ކުށްވެރިއެއް ނުވި