03 ސެޕްޓެމްބަރ 2018
ފިނޮޅު އެއީ ރާއްޖޭގެ އެންމެ ތަފާތު އެއް ރިސޯޓެވެ. ބ. އަތޮޅުގައި ޖޫން 2016 ގައި ހުޅުވި މި ރިސޯޓުގެ ކޮންސެޕްޓް ވެސް ތަފާތެވެ. އާންމުކޮށް ރާއްޖެއިން ފެންނަ ލަގްޒަރީ ޑިޒައިންތަކުގެ ބަދަލުގައި، ފިނޮޅުން ފެންނަނީ ކުލަ ގަދަ "ރެޓްރޯ ލަގްޒަރީ" ޑިޒައިންތަކެވެ.
ފިނޮޅު އެއީ ރާއްޖޭގެ އެންމެ ތަފާތު އެއް ރިސޯޓެވެ. ބ. އަތޮޅުގައި ޖޫން 2016 ގައި ހުޅުވި މި ރިސޯޓުގެ ކޮންސެޕްޓް ވެސް ތަފާތެވެ. އާންމުކޮށް ރާއްޖެއިން ފެންނަ ލަގްޒަރީ ޑިޒައިންތަކުގެ ބަދަލުގައި، ފިނޮޅުން ފެންނަނީ ކުލަ ގަދަ "ރެޓްރޯ ލަގްޒަރީ" ޑިޒައިންތަކެވެ.
މި މަހު ފިނޮޅުން ވަނީ އެހެން ރިސޯޓުތަކާ ތަފާތު އެހެން ކަމެއް ވެސް އަނެއްކާ ތައާރަފްކޮށްފަ އެވެ. އެ ރިސޯޓުގެ ރީތި ތުނޑީގައި ހަދާލީ "ބީޗް ބަބުލް" އެކެވެ. މިއީ "ގްލޭމްޕިން" (ގްލެމަރަސް ކޭމްޕިން)، ރާއްޖެއަށް ތައާރަފުކުރުމެވެ.
ބޮތްކެއްގެ ސިފާގައި ބިއްލޫރިން ހަދާފައިވާ "ގްލޭމްފިން" ޕޮޑް ތައްޔާރުކުރީ އެކަމަށް ދުނިޔެއިން މަޝްހޫރު 'އައި އިން ދަ ސްކައި' އިންނެވެ. ކޮންމެ މޫސުމަކަށް ވެސް މި "ބޮކި ކޮޓަރި" ފުދެ އެވެ.
ހިތްގައިމު މި ކޮޓަރީގެ އެތެރެ، ފިނޮޅުގެ އެހެން ކޮޓަރިތަކާ އެއްގޮތަށް ތަޅުމުގައި ވަނީ ލަކުޑި ޖަހައިފަ އެވެ.
ފިނޮޅުން މި ތަނަށް ބޭނުންކުރާ ނަމުން ނަމަ "ބީޗް ބަބުލް" އާ އެކު އެ ރިސޯޓުން ވަނީ "ޑްރީމް އެކްލިޕްސް" ޕެކޭޖެއް ވެސް ތައާރަފްކޮށްފަ އެވެ. ފިނޮޅުގައި ޗުއްޓީ ހޭދަކުރާ ގެސްޓުން އެތަނުގައި ކޭމްޕްކޮށްލަން ރެއަކަށް ދައްކަން ޖެހެނީ 600 ޑޮލަރެވެ. އެ ޕެކޭޖްގައި ހިމެނޭ އެހެން ކަންކަމުގެ ތެރޭގައި ހިތްގައިމު ތުނޑީގައި ޕްރައިވެޓް ބާބަކިއުއަކާއި ހެނދުނުގެ ނާސްތާ ވެސް އެ ތުނޑީގައި ހަދައިދެ އެވެ.
ފިނޮޅު ތަރަައްގީކުރީ ރާއްޖޭގައި ފެންވަރު މަތީ ރިސޯޓްތަކެއް ހަދަމުން އަންނަ ކޯސްޓްލައިން ގްރޫޕުންނެވެ. އެ ރިސޯޓް މެނޭޖްކުރަނީ ދަ ސްމޯލް އައިލެންޑް މޯލްޑިވްސް ކޯ" އިންނެވެ.
މި ކުންފުނިން ހިންގާ އެހެން ރިސޯޓްތަކުގެ ތެރޭގައި ބ. އަތޮޅުގައި އޮންނަ އަމިއްލަފުއްޓާއި މާލެ އަތޮޅުގައި ހަދާފައިވާ ހުވަފެންފުށި ހިމެނެ އެވެ.
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް