Roadha Mihaaru
ދިރާގުން ގެލެކްސީ ނޯޓު 9 ތައާރަފްކޮށް ވިއްކަނީ

ގެލެކްސީ ނޯޓް 9 ގަންނަން ދިރާގުގެ ހެޑް އޮފީހުގައި ދިގު ކިޔޫއެއް ދަމާލައިފި

01 ސެޕްޓެމްބަރ 2018

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރަސްމީކޮށް ތައާރަފްކޮށް ވިއްކަން ފެށުމާއެކު، ދިރާގުގެ ހެޑް އޮފީހުގެ ބޭރުގައި މިރޭ ދިގު ކިޔޫއެއް ދަމާލައިފި އެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރަސްމީކޮށް ތައާރަފްކޮށް ވިއްކަން ފެށުމާއެކު، ދިރާގުގެ ހެޑް އޮފީހުގެ ބޭރުގައި މިރޭ ދިގު ކިޔޫއެއް ދަމާލައިފި އެވެ.

އެ ފޯނު ތައާރަފްކޮށް، ވިއްކަން ފެށުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ބޭއްވުމުގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި މަޑުކޮށްގެން ތިއްބެވެ. އަދި އެ ރަސްމިއްޔާތުގައި މަންދީރާ ބޮޑުބެރު ގްރޫޕް ގްރޫޕްގެ މިއުޒިކް ޝޯއެއް ވެސް އޮތެވެ.

ދިރާގުން ގެލެކްސީ ނޯޓު 9 ރަސްމީކޮށް ތައާރަފްކޮށް ވިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ ބްރޭންޑް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު މިރުޝާންގެ އިތުރުން ސެމްސަންގްގެ ޑިރެކްޓާ މޮބައިލް ވައިކޭ ވަންގް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ގަންނަން ގިނަ އަދަދެއްގެ ބަޔަކު ދިރާގުގެ ހެޑް އޮފީހުގެ ބޭރުގައި ކިޔޫ ހަދާފައި. ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ގަންނަން ގިނަ އަދަދެއްގެ ބަޔަކު ދިރާގުގެ ހެޑް އޮފީހުގެ ބޭރުގައި ކިޔޫ ހަދާފައި. ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ދިރާގުން އެ ފޯނު ވިއްކަން ފެށުމުން، އެންމެ ފުރަތަމަ ފޯނު ލިބުނު ކަސްޓަމަރަކީ އައިމަން އަހުމަދު އެވެ.

ދިރާގުން ބުނި ގޮތުގައި ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފުކޮށް، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެ ކުންފުނިންނެވެ.

ތަފާތު ތިން ކުލައެއް ހިމެނޭ ގެލެކްސީ ނޯޓު9 ގެ 128 ޖީބީ އާއި 512 ޖީބީގެ ފޯނު ލިބެންހުރެ އެވެ. ދިރާގުން 128 ޖީބީގެ ފޯނެއް ވިއްކަނީ 15،499ރ. އަށެވެ. އަދި 512 ޖީބީގެ ފޯނެއް ވިއްކަނީ 18،999ރ. އަށެވެ. އިންސްޓޯލްމަންޓަށް ނަގާ ނަމަ 128 ޖީބީގެ ފޯނަކަށް މަހަކު 1059ރ ދައްކަން ޖެހެ އެވެ. އަދި 512 ޖީބީގެ ފޯނަކަށް މަހަކު 1،359ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން އިންސްޓޯލްމަންޓަށް ނަގާ ނަމަ އެޑްވާންސްގެ ގޮތުގައި 2،999ރ. ކޮންމެ ފޯނަކަށް ދައްކަން ޖެހެ އެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ކަސްޓަމަރުންނަށް މިރޭ ވިއްކަނީ. ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ކަސްޓަމަރުންނަށް މިރޭ ވިއްކަނީ. ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެ ކުންފުނިން ބުނީ ގެލެކްސީ ނޯޓު9 ގަންނަން ޕްރީއޯޑާ ކުރާ ފަރާތްތަކަށް އޭކޭޖީ ބްލޫޓޫތު ސްޕީކަރެއް ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ސްޕީކަރު ލިބޭނީ އެންމެ ފުރަތަމަ ކަސްޓަމަރުންނަށް އިސްކަންދޭ ތަރުތީބުން ކަމަށް ވެސް ދިރާގުން ބުންޏެވެ.