08 ނޮވެމްބަރ 2017
ސެމްސަންގުން އަލަށް ތައާރަފްކުރި ނޯޓް 8 އަށް ދިރާގުން ޕްރީ އޯޑަރު ނަގަން ފަށައިފި އެވެ.
ސެމްސަންގުން އަލަށް ތައާރަފްކުރި ނޯޓް 8 އަށް ދިރާގުން ޕްރީ އޯޑަރު ނަގަން ފަށައިފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނޯޓް 8ގެ ޕްރީ އޯޑަރު ހުޅުވާލީ އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސާ (ސީއެމްއޯ) އިޒަބެލް ހަޖްރީ އެވެ. ޕްރީ އޯޑަރު ހުޅުވުމަށް ފަހު ހަޖްރީ ވިދާޅުވީ ދިރާގުން ކަސްޓަމަރުންނަށް ވީހާ ވެސް ހެޔޮ އަގުތަކެއްގައި، އެންމެ ފަހުގެ ފޯނުތައް ވިއްކާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަނީ ވީހާ ވެސް ހެޔޮ އަގެއްގައި އެންމެ ފަހުގެ ސްމާޓް ފޯނުތަކާއި، ހިދުމަތްތައް ކަސްޓަމަރުންނަށް ދޭން. މި ފޯނު ވެސް ވަރަށް އެކަށީގެންވާ އަގެއްގައި ލިބޭނެ. އެހެން ފޯނުތަކާ އެއްގޮތަށް އިސްޓޯލްމަންޓަށް ވެސް ނެގޭނެ،" އިޒަބެލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނޯޓް 8 އަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. އަދި އިންސްޓޯލްމަންޓްގެ އަގު އުޅޭނީ 1،069ރ. ކަމަށް ވެސް ވިދާޅުވި އެވެ.
ސެމްސަންގް ލަންކާގެ ހެޑް އޮފް މޯބައިލް ބިޒްނަސް ނައިޖެލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
ސެމްސަންގުން މިދިޔަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު ތައާރަފްކުރި ނޯޓް 8 އާ ގުޅޭގޮތުން އެ ކުންފުނީގެ ލަންކާ ބްރާންޗްގެ ހެޑް އޮފް މޯބައިލް ބިޒްނަސް ނައިޖެލް އެޑަމްސް ވެސް ވަނީ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވައިފަ އެވެ. ނައިޖަލް ވިދާޅުވީ، ނޯޓް 8 ގަންނަ ފަރާތްތަކަށް ވަޔަލެސް ޗާޖަރެއް ހިލޭ ލިބޭނެ ކަމަށެވެ.
"މި ފޯނަކީ ވޯލްޑް ވައިޑް ހިޓަކަށް މިހާރު ވެސް ވެފައި އޮތް ފޯނެއް. މިހާތަނަށް 2.5 މިލިޔަނަށް ވުރެ ގިނަ ޕްރީ އޯޑަރު ލިބިފައި ވަނީ،" ނައިޖެލް ވިދާޅުވި އެވެ.
ނޯޓް 8 އަކީ އިންފިނިޓީ ޑިސްޕްލޭއަކާ އެކު، ޑުއަލް ކެމެރާ ހިމަނާފައިވާ ފޯނެކެވެ. އެ ފޯނުގެ އަގު ބޭރު ގައުމުތަކުގައި އުޅެނީ 900 ޑޮލަރަށް ވުރެ މަތީގަ އެވެ.
ދިރާގުން ނޯޓް 20ގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި
ދިރާގުން ގެލެކްސީ ނޯޓު 9 ތައާރަފްކޮށް ވިއްކަނީ
ދިރާގުން ގެލެކްސީ ނޯޓް 9 މާދަމާ ރޭ ތައާރަފްކުރަނީ
ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ވިއްކަނީ
ސެމްސަންގް އެސް24ގެ ފޯނުތައް ދިރާގަށް
ދިރާގުން ދޭ ޓެސްލާ ހޯދުމުގެ ފަހު ފުރުސަތު
ދިރާގު ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު ގެނެސްފި
އާ އަހަރަށް ދިރާގުގެ އާ އޮފާތަކެއް
ބްރޯޑްބޭންޑް ކަނެކްޝަނާ އެކު ހިލޭ މައިފައި ޑިވައިސް
ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ދިރާގުގެ އެހީ