Roadha Mihaaru
ސެމްސަންގް އެސް24ގެ ފޯނުތައް ދިރާގަށް

ސެމްސަންގް އެސް24 ގެ ފޯނުތައް ދިރާގަށް

04 ފެބުރުއަރީ 2024

ސެމްސަންގުން އެންމެ ފަހުން ނެރުނު އެސް24 ސީރީޒްގައި ހިމެނޭ އެސް24، އެސް24 ޕްލަސް އަދި އެސް24 އަލްޓްރާ ފޯނުތައް ރާއްޖޭގައި ތައާރަފްކޮށް ފޯނު ޕްރީ އޯޑަރުކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސެމްސަންގުން އެންމެ ފަހުން ނެރުނު އެސް24 ސީރީޒްގައި ހިމެނޭ އެސް24، އެސް24 ޕްލަސް އަދި އެސް24 އަލްޓްރާ ފޯނުތައް ރާއްޖޭގައި ތައާރަފްކޮށް ފޯނު ޕްރީ އޯޑަރުކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މިފޯނުތައް ލޯންޗުކުރީ ސެމްސަންގް ސްރީ ލަންކާ އަދި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.

ފޯނުތައް ޕްރީ އޯޑަރުކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފޯނުތައް ޕްރީ އޯޑަރުކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލު ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ރަސްމިއްޔާތުގައި ސެންގްވާ ސޯންގް ވަނީ ކަސްޓަމަރުން ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެންމެ ފަހުގެ ސެމްސަންގް ސްމާޓްފޯންތައް ރާއްޖެއަށް ގެނައުމަކީ ސެމްސަންގްއަށް ލިބޭ ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ދިރާގު އާއި ސެމްސަންގާއި ދެމެދު އޮތް ޕާޓްނާޝިޕާ ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެ ޕާޓްނާޝިޕަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ސްމާޓް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަމަށެވެ.

ދިރާގުން ތައާރަފްކުރި S24 ސީރީޒް އަކީ ސެމްސަންގުން އެންމެ ފަހުން ނެރުނު ފޯނު ސީރީޒް އެވެ. މި ސީރީޒްއާ އެކު އެ ކުންފުނިން ވަނީ "ގެލެކްސީ އޭއައި" ތައާރަފުކޮށްފަ އެވެ. މި ސީރީޒްގެ ފޯނުތަކުން ކަސްޓަމަރުންނަށް ތަފާތު ޒަމާނީ ޑިޒައިންއެއްގެ ފޯނެއްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބޭނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް ސެމްސަންގް އެސް24ގެ ފޯނުތަކަށް ޕްރީ އޯޑަރު ދޭން ހުޅުވާލީ މި ދިޔަ ޖެނުއަރީ މަހު އެވެ. ދިރާގުން މި ސިރީޒްގެ ކޮންމެ ފޯނަކާއެކު 12 މަސް ދުވަހުގެ ނިޔަލަށް ކަސްޓަމަރުންނަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ. އަދި ދިރާގު ކަސްޓަމަރުންނަށް ގެލެކްސީ S24 ޕްލަސް އަދި S24 އަލްޓްރާއާ އެކު ހިލޭ ގެލެކްސީ ވޮޗް 6 ކްލަސިކްއެއް އަދި S24 އާ އެކު ހިލޭ ގެލެކްސީ ވޮޗެއް ލިބޭނެ އެވެ.