05 މާޗް 2019
ދިރާގުން ރާއްޖެއަށް ސެމްސަންގް ގެލެކްސީ އެސް10 އާއި އެސް10 ޕްލަސް ތައާރަފްކޮށްފި އެވެ.
ދިރާގުން ރާއްޖެއަށް ސެމްސަންގް ގެލެކްސީ އެސް10 އާއި އެސް10 ޕްލަސް ތައާރަފްކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ އުފެއްދުން ކަސްޓަމަރުންނަށް ވަނީ ދައްކާލައިފަ އެވެ.
ދިރާގުން މިމަހުގެ 8 ވަނަ ދުވަހު ޕްރީ އޯޑާ ކުރުމަށް ހުޅުވާލާނެ އެވެ. ޕްރީ އޯޑާ ކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފޯނު އަތަށް ލިބޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަރާތަކަށް ވަނީ ސެމްސަންގް ގެލެކްސީ އެސް10 އަށް ހަދިޔާކޮށްފަ އެވެ.
ސެމްސަންގްް ގެލެކްސީ އެސް10ގެ ފީޗާސްތައް ކަސްޓަމަރުން ބަލައިލަނީ. ދިރާގުން މި ފޯނު ރާއްޖޭގެ ބާޒާރަށް މިރޭ ވަނީ ތައާރަފްކޮށްފައި--ފޮޓޯ:އަހުމަދު ނިޝާތު/މިހާރު
މި ފޯނު ގަންނަ ފަރާތްތަކަށް ގެލެކްސީ ބަޑެއް ވެސް ހިލޭ ލިބޭނެ އެވެ.
ގެލެކްސީ އެސް10ގެ ސްކްރީންގައި ހަ އިންޗި ހުންނަ އިރު އެސް10 ޕްލަސް ގައި ހުންނަނީ ފަސް އިންޗި އެވެ. ފޯނުގެ ކުރިމަތީގައި ދެ ކެމެރާ އާއި ފަހަތުގައި ތިން ކެމެރާ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ފޯނު އެއްފަހަރު ޗާޖުކޮށްގެން 24 ގަޑިއިރު ގެންގުޅެވޭނެ ކަމަށް ސެމްސަންގުން ބުނެ އެވެ. މި ފޯނުން ގެލެކްސީ ބަޑް ވަޔާލެސްކޮށް ޗާޖުކޮށްލެވޭނެ އެވެ. ސެމްސަންގް ގެލެކްސީ އެސް10ގެ ސްޓޯރޭޖު 1ޓީބީ ހުރެ އެވެ. މީގެ އިތުރުން 128 ޖީބީ އާއި 512 ޖީބީ ސްޓޯރޭޖުގެ ފޯނު ވެސް ލިބޭނެ އެވެ.
މި ފޯނު ހަ ކުލައެއްގައި ލިބެން ހުންނަ އިރު އޭގެ ތެރޭގައި ހުދާއި ކަޅާއި ފެއްސާއި ނޫ އަދި ރީނދޫ ހިމެނެ އެވެ.
ސެމްސަންގުގެ އާ ފޯނުތައް ދިރާގުން ތައާރަފުކޮށްފި
އެންމެ ފަހުގެ ސެމްސަންގް ފޯން ދިރާގުން ތައާރަފްކޮށްފި
ދިރާގުން އެސް9، އެސް9 ޕްލަސް މާދަމާރޭ ތައާރަފްކުރަނީ
ދިރާގުން އެންމެ ފަހުގެ ސެމްސަންގް ފޯނު ވިއްކަނީ
ސެމްސަންގްގެ އެންމެ ފަހުގެ ފޯނު އަންނަ މަހު ނެރެނީ
ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯން ވިއްކަނީ
ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް މައްސަލަތަކެއް
ސެމްސަންގް އެސް24ގެ ފޯނުތައް ދިރާގަށް
ސެމްސަންގުގެ އާ ފޯނުގައި ކޯލްތައް ތަރުޖަމާކުރަން އޭއައި
ގެލެކްސީ ޒެޑް ފޯލްޑް5 އަށް ދިރާގުން ޕްރީއޯޑާ ކުރެވޭނެ