Roadha Mihaaru
ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯން ވިއްކަނީ

ދިރާގުން ސެމްސަންގް ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

21 އެޕްރީލް 2017

‎ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް، ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް ދިރާގު ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ޕްރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނި‎ މެދުވެރިކޮށް ފޯނު ގަންނަ މީހުންނަށް ހަ މަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. އަދި ‎ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ފޯނުގަތުމުގެ ފުރުސަތު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް ދިރާގުން ބުންޏެވެ. ‎ސެމްސަންގް ގެލެކްސީ އެސް8 ދެ ކުލައެއްގެ ފޯނު ލިބެން ހުރެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑް އެވެ. ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް ލިބެން ހުންނަ ކުލަތަކަކީ މިޑްނައިޓް ބްލެކް އާއި މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިން އެވެ.

ސެމްސަންގް ގެލެކްސީ އެސް8 ޕްލަސް އަދި އެސް8 ގައި ފުރަތަމަ ފަހަރަށް ވަނީ ބްލޫޓޫތު 5 ވަނީ ހިމަނައިފަ އެވެ. މި ދެ ފޯނަކީ ބްލޫޓޫތު 5 އަށް އެންމެ ފުރަތަމަ ހިމެނި ދެ ފޯނެވެ. މި ދެ ފޯނު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ މި މަހު ފަހުކޮޅެވެ.