Roadha Mihaaru
ދިރާގުން ނޯޓު9 އަށް ޕްރީ އޯޑާއަށް ހުޅުވާލައިފި

ސެމްސަންގް ގެލެކްސީ ނޯޓް9 އަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި

15 އޯގަސްޓް 2018

ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް9 އަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފި އެވެ.

ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް9 އަށް ޕްރީ އޯޑާކުރުމުގެ ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ޕޯސްޓް ޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގެލެކްސީ ނޯޓު9 ގަންނަން ބޭނުންވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ގަތުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި އޭގެ އިތުރުން އެ ފޯނު ގަންނަ ކޮންމެ މީހަކަށް މަހަކު ފަސް ޖީބީ ޑޭޓާ އެލަވަންސް ހަ މަސްވަންދެން ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ ގެލެކްސީ ނޯޓު9 ގަންނަން ޕްރީއޯޑާ ކުރާ ފަރާތްތަކަށް އޭކޭޖީ ބްލޫޓޫތު ސްޕީކަރެއް ހިލޭ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ސްޕީކަރު ލިބޭނީ އެންމެ ފުރަތަމަ ކަސްޓަމަރުންނަށް އިސްކަންދޭ ތަރުތީބުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޮންމެ ކަސްޓަމަރަކަށް ވެސް ޕްރީ އޯޑާކުރެވޭނީ އެންމެ ފޯނަކަށް ކަމަށެވެ.

ތަފާތު ތިން ކުލައެއް ހިމެނޭ ގެލެކްސީ ނޯޓު9 ގެ 128 ޖީބީ އާއި 512 ޖީބީގެ ފޯނު ލިބެންހުރެ އެވެ. އެ ކުންފުނިން 128 ޖީބީގެ ފޯނެއް ވިއްކަނީ 15،499ރ. އަށެވެ. އަދި 512 ޖީބީގެ ފޯނެއް ވިއްކަނީ 18،999ރ. އަށެވެ. އިންސްޓޯލްމަންޓަށް ނަގާ ނަމަ 128 ޖީބީގެ ފޯނަކަށް މަހަކު 1059ރ ދައްކަން ޖެހެ އެވެ. އަދި 512 ޖީބީގެ ފޯނަކަށް މަހަކު 1،359ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން އިންސްޓޯލްމަންޓަށް ނަގާ ނަމަ އެޑްވާންސްގެ ގޮތުގައި 2،999ރ. ކޮންމެ ފޯނަކަށް ދައްކަން ޖެހެ އެވެ.