13 ޖުލައި 2021
ދިރާގާއި ސެމްސަންގެ ގުޅިގެން ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 60 ގެލެކްސީ ޓެބު މިއަދު ހަދިޔާކޮށްފި އެވެ.
ދިރާގާއި ސެމްސަންގެ ގުޅިގެން ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 60 ގެލެކްސީ ޓެބު މިއަދު ހަދިޔާކޮށްފި އެވެ.
ޓެބްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުގެ އިތުރުން ސެމްސަންގް ލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ބައިވެރިވެވަޑައިގަތެވެ.
ދިރާގުން ބުނީ މިއީ ކޮވިޑް-19އާ ގުޅިގެން ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ސަރުކާރަށް ހަދިޔާކުރި ޓެބުތަކެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގައި ވެސް ޓެބުތައް އެހީއަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަސީމް ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ދިރާގާއި ސެމްސަންގް ގުޅިގެން ވަމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި އެހީގެ ސަބަބުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހެލްތު މިނިސްޓަރަށާއި ސިއްހީ ދާއިރާގެ ހުރިހާ އޮތޯރޮޓީތަކާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑު އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޕެންޑެމިކް މެނޭޖުކުރުމަށް ޑިޖިޓަލައިޒް ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތުގައި އެހީއަކަށް ވާނެ ކަމަށް،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން ދިރާގުން ވަނީ އެކި ގޮތްގޮތުން ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައްޑޫ ކެތުލެބުން ފަރުވާ ދެވޭނެ ގޮތެއް ނެތް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
ސެމްސަންގް އެސް24ގެ ފޯނުތައް ދިރާގަށް
ގެލެކްސީ ޒެޑް ފޯލްޑް5 އަށް ދިރާގުން ޕްރީއޯޑާ ކުރެވޭނެ
އައްޑޫގައި ޑެންގީ އިތުރުވަނީ، އެންމެ ގިނައީ ހިތަދޫގައި
އައްޑޫ ހޮސްޕިޓަލަށް 29 ދިވެހި ޑޮކްޓަރުން ހޯދަނީ
އިކުއަޓޯރިއަލް ހޮސްޕިޓަލަށް 27 ޑޮކްޓަރުން ހޯދަނީ
އައްޑޫ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން އިންޑިއާއާއެކު
ތުއްތު ކުއްޖާގެ މަރުގެ މައްސަލަ މިނިސްޓްރީން ބަލަނީ
ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން: އާއިލާ