30 އޯގަސްޓް 2018
ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް އެހީ ދިނަސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަބަދުވެސް އިހުތިރާމްކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ރާއްޖޭގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކަށް އެހީ ދިނަސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަބަދުވެސް އިހުތިރާމްކުރާނެ ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ހެދި "ސިނަމާލެ ބްރިޖް" ހުޅުވުމަށް މިރޭ މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޗައިނާ ބަހުން ވާހަކަދައްކަވަމުން ޗައިނާ ސަރުކާރުގެ މަންދޫބު ވެން ޝިއާޓޯ ވިދާޅުވީ ޗައިނާއިން ވިސްނާނީ ރާއްޖޭގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް ވެން ޝިއާޓޯ ވިދާޅުވި އެވެ.
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބައިނަލްއަގުވާމީ މަސްރަހު ކިތަންމެ ވަރަކަށް ބަދަލުވި ނަމަވެސް ޗައިނާ އިން އަބަދުވެސް ރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ދަމަހައްޓާނެ. ޗައިނާ އަބަދުވެސް ރާއްޖޭގެ މިނިވަން ކަމަށާއި އިސްތިގުލާލަށް އިހުތިރާމްކުރާނެ. އަދި އަޅުގަނޑުމެން އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ގައުމީ ވިސްނުމުގެ ތެރެއިން އެހީތެރިވާނެ،" އޭނާ ވިދާޅުވި އެވެ.
ވެން ޝީއާޓޯ ވިދާޅުވީ އެ ބްރިޖަކީ ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ވަޑައިގެން ޗައިނާގެ ރައީސް ޝީޖިން ޕިން އަރިހު ދަންނަވައިގެން ޗައިނާ އިން ހަދައިދީފައިވާ ބްރިޖެއް ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން އެ ބްރިޖް ފެންވަރު ރަނގަޅު އަދި ރީތި ބްރިޖަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް، އަދި ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޝީޖިން ޕިން އަމިއްލަފުޅަށް ވެސް މި މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާ. އަދި އެ މަސައްކަތް އެންމެ ރަނގަޅު ފެންވަރުގައި ކުރިޔަށް ގެންދިއުމަށް އިރުޝާދު ދެއްވަމުން ގެންދެވި،" ވެން ޝީއާޓޯ ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖް ހުޅުވުމަށް ފަހު ހަވާ އަރުވާތަން އާންމުން ފޮޓޯ ނަގަނީ: ރައީސް ޔާމީންގެ ކެމްޕެއިންގެ އެއް އުސްއައްޔަކީ ބްރިޖު އެޅުމުގެ ކާމިޔާބީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ އެ މަޝްރޫއަކީ ދެ ގައުމުގެ އެންމެ އިސްވެރިންގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ގެންދިޔަ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު މިއަދު މި ހިތްގައިމު ހަފުލާގައި ބައިވެރިވުމަށް މިއައީ ސީދާ ޗައިނާ ސަރުކާރުގެ ފަރާތުން،" ވެން ޝިއާޓޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބްރިޖްގެ ސަބަބުން ގުޅިގެން ދިޔައީ ހަމައެކަނި ދެ ރަށެއް ނޫން ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން ގުޅިގެންދިޔަ ބްރިޖެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބްރިޖާއެކު ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ. އަޅުގަނޑުމެން މިގެންދަނީ ދެ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި ކުރިޔަށް އޮތްތަނުގައި ޗައިނާއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީވާނެ،" ވެން ޝިއާޓޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ރައީސް ރާއްޖެއަށް ވަރަށް ބޮޑަށް އިހުތިރާމްކުރައްވާ ކަމަށާއި އަދި ސައިޒުގެ ގޮތުން ކިތަންމެ ބޮޑު ތަފާތެއް ހުރި ނަމަވެސް ދެ ގައުމަށް ފައިދާ ކަންކަމުގައި އެހީތެރިވާނެ ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ދުވަހަކު ވެސް ބަދަލެއް ނުވާނެ. ދެ ގައުމު ގުޅިގެން ހިނގާ މި ގުޅުން ދާއިމަށް ދަމަަހައްޓަން،" ވެން ޝިއާޓޯ ވިދާޅުވި އެވެ.
މާލެ-ހުޅުމާލެ ދެމެދު ކޭބަލް އަޅާ އަގު 567 މިލިއަން
ބްރިޖްގައި ލަނީ ދަބަރު ނުޖަހާނެކަން ކަށަވަރު ކޯޓިންއެއް
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ބްރިޖަކީ ދެ ގައުމުގެ އިތުބާރުގެ ރަމްޒެއް: ރައީސް
ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ފަށައިފި
ހިޔާގައި އިތުރު ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏަކަށް
ބްރިޖުގެ މެއިންޓެނަންސް ޗައިނާ އިން ހިލޭ ކޮށްދެނީ
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ރައީސަށް ހާއްސަކުރީ ބްރިޖުގެ މޮޑެލް
ބްރިޖު މަރާމާތުކުރަން ސީސީސީސީ އެގްރިމެންޓް އިތުރުކުރަނީ