10 ޖެނުއަރީ 2018
މާލެ އާއި ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލެއް އަޅަން 38.6 މިލިއަން ޑޮލަރު (567.4 މިލިއަން ރުފިޔާ) އަށް ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރަން ސްޓެލްކޯ އިން ނިންމައިފި އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލެއް އަޅަން 38.6 މިލިއަން ޑޮލަރު (567.4 މިލިއަން ރުފިޔާ) އަށް ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރަން ސްޓެލްކޯ އިން ނިންމައިފި އެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ރައޫފް މިއަދު ވިދާޅުވީ، މާލެ އާއި ހުޅުމާލެއާ ދެމެދު ކޭބަލް އަޅާއިރު ހުޅުލެއާ ވެސް ގުޅުވާލާނެ ކަމަށެވެ. ކޭބަލް އެޅުމަށް ހަމަޖެހިފައި ވަނީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާ ޕްލާންޓުން މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައި ވަނީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. އަދި އެއީ ކުއްލި ހާލަތްތަކުގައި މާލޭގެ އިތުރުން ހުޅުލެއަށް ކަރަންޓް ދޭން ބޭނުންކުރަން އަޅާ ކޭބަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޑޮންފެންއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ އަދި އެ ކޭބަލް އެޅުމުގެ މަސައްކަތް ފަށާނެ ދުވަހެއް ސްޓެލްކޯއިން ނުބުނެ އެވެ.
ހުޅުމާލޭގައި ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"ރާއްޖޭގެ މިނިވަންކަމަށާއި އިސްތިގުލާލަށް އިހުތިރާމްކުރާނަން"
ހުޅުމާލެ- މާލެ ކޭބަލް އަޅަން ޑޮންފެންއާ ހަވާލުކޮށްފި
ކޭބަލް އެޅުން ހަވާލުކުރުން މަޑުޖައްސާލަން އަންގައިފި
މާލެ-ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލައިފި
ބްރިޖްގައި ލަނީ ދަބަރު ނުޖަހާނެކަން ކަށަވަރު ކޯޓިންއެއް
ހުޅުމާލޭ އިންޖީނުގޭގެ މަސައްކަތް އަންނަ މަހު ނިމޭނެ
ހުޅުމާލޭގައި 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރު ބަހައްޓާނެ
ކަރަންޓް ވިއުގައިގެ މަސައްކަތަށް ފުރުސަތު ހުޅުވާލައިފި
ހުޅުމާލޭގައި ހަދާ އިންޖީނުގޭގެ ބިންގާ އަޅައިފި
ކަރަންޓު ނެޓުވޯކު ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި