31 ޖުލައި 2016
ކަރަންޓުގެ ފެންވަރު މަތިކުރުމަށް ސްޓެލްކޯ އިން ހުޅުމާލޭގައި ގާއިމްކުރާ ބޮޑު އިންޖީނުގޭގެ ބިންގާ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދު ޔާމީން އަޅުއްވައި ދެއްވައިފި އެވެ.
ކަރަންޓުގެ ފެންވަރު މަތިކުރުމަށް ސްޓެލްކޯ އިން ހުޅުމާލޭގައި ގާއިމްކުރާ ބޮޑު އިންޖީނުގޭގެ ބިންގާ، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދު ޔާމީން އަޅުއްވައި ދެއްވައިފި އެވެ.
ސްޓެލްކޯ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ނަމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްގެން ގާއިމްކުރަނީ 50 މެގަވޮޓްގެ އިންޖީނުގެ އެކެވެ. އޭރުން މާލެ އާއި ހުޅުމާލެ އަށް ކަރަންޓް ދިނުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކޮށް، ބޭނުންވާ މިންވަރަށް ކަރަންޓް ދެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މިހާރު މާލޭގައި ހުންނަނީ 44 މެގަވޯޓްގެ ޕަވާ ޕްލާންޓެކެވެ.
މީގެ އިތުރުން 2000 މެޓްރިކް ޓަނަށް ވުރެ ގިނަ ތެޔޮ ރައްކާ ކުރާނެ ފިއުލް ފާމަކާއި ފެން އުފައްދާ ޕްލާންޓެއް ވެސް އެ މަޝްރޫއުގެ ދަށުން އެ ތަނުގައި ގާއިމްކުރާނެ އެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި ހަދާ އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --މިހާރު ފޮޓޯ މުހައްމަދު ޝަރުހާން
އެ ޕްލާންޓު ގާއިމް ކުރުމުން އޭގެ ޚިދުމަތް މާލެ އަށް ވެސް ލިބޭނެ އެވެ. މާލެ އަށް އެ ޕްލާންޓުން ޚިދުމަތް ދޭނީ ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖް މެދުވެރިިކޮށް މާލެ އާއި އެ ޕްލާންޓް ކޭބަލުން ގުޅާލައިގެންނެވެ. އޭރުން މާލެ އާއި ހުޅުމާލެ އަށް އަދި ހުޅުލެ އަށް ކަރަންޓް ދޭނީ މާލޭގައި މިހާރު ހުންނަ ޕްލާންޓާއި ހުޅުމާލޭގައި ގާއިމްކުރާ ޕްލާންޓު ގުޅިގެންނެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނުންނެވެ.
ހުޅުމާލޭ އިންޖީނުގޭގެ މަސައްކަތް އަންނަ މަހު ނިމޭނެ
މާލެ-ހުޅުމާލެ ދެމެދު ކޭބަލް އަޅާ އަގު 567 މިލިއަން
ހުޅުމާލޭގައި 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރު ބަހައްޓާނެ
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
ރީޑިން ނެގުމާ ގުޅޭ ތުހުމަތު ސްޓެލްކޯ އިން ދޮގުކޮށްފި
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި
ކަރަންޓު ކަނޑާލަން ކަމަށް ފަތުރަނީ ދޮގެއް: ސްޓެލްކޯ
ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ
މިމަހުގެ 11: ކަރަންޓު ބޭނުންކުރުމުގެ ރެކޯޑް ދުވަހެއް