28 އޯގަސްޓް 2018
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އެ ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގެން ޕާޓީ ހިންގުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އެ ޕާޓީ ހިންގެވުމާ ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގެން ޕާޓީ ހިންގުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ މިއަދު ހަވާލުކޮށްފި އެވެ.
އެމްޑީއޭ ހިންގުމާއި އެ ޕާޓީ ލީޑަރުގެ ޒިންމާތައް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މައުރޫފާ ހަވާލު ކުރެއްވީ ސިޔާމް މިއަދު ހުށަހެޅުއްވި ގަރާރެއްގެ ދަށުންނެވެ. އެމްޑީއޭ އިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ގަރާރު ފާސްކުރީ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި މީޑިއާ ކޯޑިނޭޓާ ސިނާން އަލީ ވިދާޅުވީ އެޕާޓީގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު ސިޔާމް ޕާޓީ ހިންގެވުމާ ދުރަށް ވަޑައިގަތީ ވިޔަފާރީގެ ކަންކަމުގައި ރާއްޖޭން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ.
"ގައުމީ ހިންގާ ކޮމެޓީ އަށް ސިޔާމް ވަކި ގޮތަކަށް އަންގަވަންދެން ޕާޓީ ހިންގަވާނީ މައުރޫފް. މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރަށް ވުމާއި ޕާޓީއަށް ދެއްވަން ޖެހޭ ވަގުތު ނުދެއްވޭތީ ލީޑަރު އެގޮތަށް ނިންމެވީ،" ސަން މީޑިއާގެ ސީއީއޯ އަކަށް ކުރިން ހުންނެވި ސިނާން ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީއޭގެ ފަސް މެންބަރުން ތިއްބަވަ އެވެ.
ސިނާން ވިދާޅުވީ ކޯލިޝަން ހެދުމަށް މިހާތަނަށް އެޕާޓީއަށް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށެވެ. އަދި ކޯލިޝަނާ މެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް ކައުންސިލް ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި
ޔާމީނާއެކު ތިބީ ވަރަށް ހިތްދަތިކޮށް: އެމްޑީއޭ
ކޯލިޝަނާ މެދު އެމްޑީއޭއިން މާދަމާ ގޮތެއް ނިންމަނީ
ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ އީސީން ބައްދަލުކުރަނީ
ސައޫދީއަށް ތުހުމަތުކުރަނީ ލާދީނީ ކަމުން: ސިޔާމް
އެމްޑީއޭގެ ނިންމުން ބަލައިގަންނަން: ޕީޕީއެމް
ހިލްޓަން މައްސަލާގައި ސަރުކާރާ އެއްވެސް ޑީލެއް ނެތް: އެމްޑީއޭ
އެމްޑީއޭއާ އެކު ކޯލިޝަނެއްގެ އުއްމީދު ބޮޑު: ޕީޕީއެމް
ކޯލިޝަނަށް އެމްޑީއޭއިން އެމްޑީޕީއާ މަޝްވަރާ ފަށައިފި
ރިޔާސީ އިންތިހާބަށް އަމާޒުކޮށް އެމްޑީއޭ ވަރުގަދަކުރަނީ