Roadha Mihaaru
ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ އީސީން ބައްދަލުކުރަނީ

ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާ އީސީން ބައްދަލުކުރަން ފަށައިފި

11 އެޕްރީލް 2018

ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައްދަލުކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައްދަލުކުރަން ފަށައިފި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ އިސްވެރިންނާ އީސީން މިއަދު މަޝްވަރާ ކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ އެ މަޝްވަރާތައް ބޮއިކޮޓް ކުރަން ނިންމައިފަ އެވެ. އެހެންވެ، ވަކިވަކި ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތަކުން ބައިވެރިއެއް ނުވެ އެވެ.

އީސީން މިއަދު ބުނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ އިތުރުން ޑީއާރުޕީއާ ވެސް މާދަމާ ބައްދަލުކުރާނެ ކަމަށެވެ.

އީސީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވީ، އީސީން އެދުނީ ޕާޓީތައް ރެގިއުލޭޓް ކުރުމަށް އިތުރު ބާރުތަކެއް އެ ކޮމިޝަނަށް ލިބޭ ގޮތަށާއި އިންތިޚާބުތައް ބާއްވަން ޖެހޭ ތާރީޚުތައް ފުށުއަރާ ގޮތަށް ހުރުމުން އެ ކަންކަން ބަދަލު ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށް ކަމަށެވެ.

"ގާނޫނީ ފުށުއެރުން ތަކެއް ހައްލު ކުރުމަށް އިލެކްޝަނުން މަޝްވަރާ ކުރީ. އަޅުގަނޑުމެންގެ ޕާޓީން އެ ކަމަށް ވަރަށް ބޮޑަށް މަރުހަބާ ދެންނެވިން،" އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މައުރޫފް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މައުރޫފް މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އީސީން މިއަދު ދީފައިވާއިރު، އެ ކޮމިޝަނާ މެދު އެމްޑީއޭގެ ވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މައުރޫފް ވިދާޅުވި އެވެ.

އީސީ އަކީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށް ވާއިރު، މަޝްވަރާ އަށް ދައުވަތު ދިނުމުން އެ ކޮމިޝަނާ ބައްދަލު ނުކުރުމަކީ އިދިކޮޅު ޕާޓީތަކުން ކުރި ޒިންމާދާރު ނޫން އަމަލެއް ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު އިއްޔެ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ މަސްލަހަތު އެކަނި ހިމާޔަތް ކުރާ މުއައްސަސާއެއް ކަމަށެވެ. އެ ކޮމިޝަނަށް ދާދި ފަހުން، މެމްބަރަކު އައްޔަން ކޮށްފައި ވަނީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީސް ހުއްޓުވާލައި، ގަދަބާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

Party thakaa EC in badhalu kuran ulhey magusadhu saaafeh noon: MDP

Party thakaa EC in badhalu kuran ulhey magusadhu saaafeh noon: MDP

The most trusted news source in the Maldives

Mihaaru

އިދިކޮޅު ޕާޓީތަކުން އީސީއާ ބައްދަލުނުކުރަން ނިންމުން---

އީސީ އަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިން ކަމަށް ދައްކުވައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މައްޗަށް އެ ކޮމިޝަނުން ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައި ވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޕާޓީތަކާ އެކު ވާހަކަ ދައްކާނީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމުގެ އިތުރުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ވެސް ޕާޓީތަކަށް މައުލޫމާތު ދިނުމަށް ކަމަށެވެ.