23 އޯގަސްޓް 2018
ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަން ތަކުރާރުކޮށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު ވެސް އެގޮތަށް އަމަލުކުރަން ސަރުކާރުން ބޭނުން ނުވާތީ ކަންބޮޑުވާ ކަމަށް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަން ތަކުރާރުކޮށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު ވެސް އެގޮތަށް އަމަލުކުރަން ސަރުކާރުން ބޭނުން ނުވާތީ ކަންބޮޑުވާ ކަމަށް ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ މައުމޫންގެ ހާލު ސީރިއަސްވުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން އެމަނިކުފާނަށް އަންނަނީ ފަރުވާ ދެމުންނެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ފަރުވާ ހޯއްދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށެވެ. މައުމޫނަށް އެކަށީގެންވާ ފަރުވާ ޖަލުގައި ނުދެވޭނެ ކަމަށާއި ޑޮކްޓަރު ލަފާ ދެއްވީ ގެއަށް ބަދަލުކުރަން ކަމަށް ވިދާޅުވި އެވެ.
"ވަރަށް ދަތި ހާލުކޮޅުގައި ރައީސް މައުމޫން ހުންނެވީ. އިސްތަށިފުޅު ގުޑުވުން ވެސް މަނާ. އޮށޯވެ އޮންނަވާއިރު ވެސް ވަކި ފަޅިއަކަށް އޮންނަވަން ޖެހިވަޑައިގެންފައި ވަނީ،" ފައިސަލް ވިދާޅުވި އެވެ.
އަންގާރަ، ބުދަ ދުވަހު ލޯޔަރުންގެ ބައްދަލުވުމަށް ވެސް ވަޑައެއް ނުގެންނެވުނު. ތެދުވެވަޑައިގެންފި ނަމަ ވެއްޓިވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމުން. އެކަމަކު ކަރެކްޝަންސުން ދެކެނީ ޖަލުގައި ރައީސް މައުމޫނަށް ފަރުވާ ކުރިއަށް ގެންދެވެނެ ކަމަށް." ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މައުމޫންގެ ހާލުކޮޅުގެ ތަފްސީލު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަނެއްކާވެސް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ހައްލެއް ނުލިބި ލަސްވުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.
މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ބޭއިންސާފުން ޖަލުގައި ހުރުމަކީ ޚިދުމަތެއް: ފާރިސް
މައުމޫން މާލެ ގެނައީ ޓެސްޓެއް ހަދަން: ކަރެކްޝަންސް
މައުމޫން، އައިޖީއެމްއެޗަށް ގެނެސްފި
މައުމޫންގެ ހާލުކޮޅު ގޯސްވެ، ޖަލަށް ޑޮކްޓަރެއް ގެންދަނީ
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
"މައުމޫން ފަހަތަކަށް ނުޖެހޭ، އަޒުމެއް ވެސް ނުގުޑާނެ"
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި