Roadha Mihaaru
ދަނގެތީގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ހުޅުވައިފި

ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑޮކްޓަރު މޫސަ، ދަނގެތީގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ހުޅުވައިފި

21 އޯގަސްޓް 2018

ފުއްޕާމޭގެ ބަލިތަކާ ގުޅޭ ޚާއްސަ ޑޮކްޓަރު މޫސާ ހުސެއިންގެ ޚަރަދުގައި އޭނާގެ އަމިއްލަ ރަށް އދ. ދަނގެތީގައި ހެދި މަލްޓި ސްޕެޝަލިޓީ ކްލިނިކް މިއަދު ހުޅުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުއްޕާމޭގެ ބަލިތަކާ ގުޅޭ ޚާއްސަ ޑޮކްޓަރު މޫސާ ހުސެއިންގެ ޚަރަދުގައި އޭނާގެ އަމިއްލަ ރަށް އދ. ދަނގެތީގައި ހެދި މަލްޓި ސްޕެޝަލިޓީ ކްލިނިކް މިއަދު ހުޅުވައިފި އެވެ.

މިއީ، އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. މޫސަގެ ބައްޕަ، ހުސެއިން އަބްދުއްސަމަދުގެ ހަނދާނުގައި ހުޅުވި ކްލިނިކެކެވެ.

ދަނގެތީގައި މިއަދު ހުޅުވި ކްލިނިކް.

ދަނގެތީގައި މިއަދު ހުޅުވި ކްލިނިކް.

"ހުސެއިން އަބްދުއްސަމަދު މެމޯރިއަލް ކްލިނިކް" ހުޅުއްވައި ދެއްވުމަށް ފަހު، "މިހާރު" އާ ވާހަކަ ދައްކަވަމުން ޑރ. މޫސަ ވިދާޅުވީ، ކްލިނިކްގައި ކޮންމެ ހަފުތާއަކު އެއް ދުވަހު އޭނާ ބަލިމީހުން ބައްލަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ފުޅާ ކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މޫސަ ވިދާޅުވި ގޮތުގައި ކްލިނިކުގެ ބޭނުމަކީ ދަނގެތީގައި ދިރިއުޅޭ މީހުންގެ އިތުރުން، އދ. އަތޮޅުގައި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ. މިއީ، ދަނގެއްޗާއި އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ގިނަ މީހުން ބޭނުންވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ފުއްޕާމެ އާއި އެތެރެހައްޓާއި ހިތުގެ ބަލިތަކާއި ކުޑަކުދިންނާއި އަންހެނުންނާއި ހަމުގެ ބަލިތަކުގެ އިތުރުން ކަށީގެ ޚާއްސަ ޑޮކްޓަރެއް ހުންނާނެ ޑރ. މޫސަ ވިދާޅުވި އެވެ.

ހުސެއިން އަބްދުއް ސަމަދު މެމޯރިއަލް ކްލިނިކް ހުޅުވުމަށް ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި ނަން ބޯޑުގެ ފަރުދާ ކަހާލަނީ.

ހުސެއިން އަބްދުއް ސަމަދު މެމޯރިއަލް ކްލިނިކް ހުޅުވުމަށް ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި ނަން ބޯޑުގެ ފަރުދާ ކަހާލަނީ.

"މުޅިން ވެސް މަސައްކަތް ކުރާނީ މާލޭގައި އުޅޭ ދިވެހި ޑޮކްޓަރުން. އެ މީހުން ހަފްތާ ބަންދުގައި ރަށަށް އަންނަ ގޮތަށް ތިބީ. ކުރިއަށް އޮތް ތަނުގައި ކްލިނިކުން ދޭ ހިދުމަތް ފުޅާވާނެ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ކުރިއަށް އޮތް ތަނުގައި، އެކްސްރޭ މެޝިނަކާއި ދަތުގެ ފަރުވާ ކުރެވޭނެ ތަނަކާއި ލެބޯޓަރީގެ ޚިދުމަތް ވެސް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދާއިމީކޮށް، ޑޮކްޓަރުން ބައިތިއްބަން ހަ މަސް ދުވަސް ނަގާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ރަށުގައި އެކިއެކި ކޭމްޕުތައް ވެސް ކުރިއަށް އޮތް ތަނުގައި ބާއްވާނަން،" މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުވަފެނަކީ ދަނގެތީގައި ހޮސްޕިޓަލެއް ކުރިއަށް އޮތް ތަނުގައި އަޅައި ދިނުން."