19 އޯގަސްޓް 2018
އެތައް ސަތޭކަ ސިރިންޖެއް، ހިތެއްގެ ބައްޓަމަށް އަތުރައި ތަރުތީބުކޮށް، އެ ހިތުގެ ތެރޭގައި ތުއްތު ކުއްޖަކު ބާއްވައިގެން ނަގާފައިވާ ފޮޓޯއަކުން، މީހަކު ދަރިއެއް ހޯދަން ކުރި މަސައްކަތާއި، އުންމީދު ކަނޑާނުލައި ފަރުވާ ހޯދުމުގެ މުހިންމުކަމުގެ މެސެޖު، މާނަ ފުން ގޮތަކަށް ދީފި އެވެ.
އެތައް ސަތޭކަ ސިރިންޖެއް، ހިތެއްގެ ބައްޓަމަށް އަތުރައި ތަރުތީބުކޮށް، އެ ހިތުގެ ތެރޭގައި ތުއްތު ކުއްޖަކު ބާއްވައިގެން ނަގާފައިވާ ފޮޓޯއަކުން، މީހަކު ދަރިއެއް ހޯދަން ކުރި މަސައްކަތާއި، އުންމީދު ކަނޑާނުލައި ފަރުވާ ހޯދުމުގެ މުހިންމުކަމުގެ މެސެޖު، މާނަ ފުން ގޮތަކަށް ދީފި އެވެ.
މި ފޮޓޯ ނެގި "ޕެކަ ފެމިލީ ފޮޓޯގްރާފަ" ބުނެފައިވާ ގޮތުގައި މިއީ އެމެރިކާގެ އަރިޒޯނާގެ މީހަކަށް ހަތަރު އަހަރު ތެރޭ ހަތް ފަހަރު އައިވީއެފް ހަދައިގެން ލިބުނު ކުއްޖެކެވެ. ކުއްޖާގެ މަންމައާ ހަވާލާދީ ބުނެފައިވާ ގޮތުގައި ދަރިއަކު ހޯދަން ކުރި މަސައްކަތުގައި، ތިން ފަހަރު ބައިގެން ދިޔަ އެވެ. ދަރިއަކު ހޯދަން ފަރުވާ ކުރުމުގައި، މި ދަރިފުޅު ލިބުމާ ހަމަޔަށް 1،616 އިންޖެކްޝަން ޖަހާފައިވެ އެވެ. ފޮޓޯގައި އަތުރާފައި ހުރީ އެ އިންޖެކްޝަންތައް ޖަހަން ބޭނުންކުރި ސިރިންޖުތަކެވެ.
އައިޔޫއައި (އިންޓްރާޔުޓެރިން އިންސެމިނޭޝަން) ހަދައިގެން ދަރިއަކު ހޯދަން މަސައްކަތްކުރި މީހާ ބުނެފައިވާ ގޮތުގައި، ދަރިއަކު ހޯދުމަކީ ފަސޭހަ ކަމަކަށް ވާނެ ކަމަށް އޭނާ ހީކުރި އެވެ. އެކަމަކު އެގޮތުން ކާމިޔާބު ނުވެ ދެން ޖެހުނީ އައިވީއެފް ހަދާށެވެ. އެކަމަކު މިއީ ވެސް ފަސޭހައިން ކާމިޔާބުވާ ކަމަކަށް ނުވި އެވެ.
ފަރުވާގެ މަރުހަލާ ތެރޭގައި ތިން ފަހަރު ބަލިވެ އިނދެ ބައިގެން ދިޔަ އެވެ. ސިއްހީ އެކި މައްސަލަތައް ކުރިމަތިވި އެވެ. އެކަމަކު އުންމީދު ކަނޑާނުލައި މަސައްކަތްކުރަނިކޮށް ދަރިއެއް ލިބުނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.
މި ފޮޓޯ ފޭސްބުކްގައި ޕޯސްޓްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެތައް ހާސް ބަޔަކު މި ފޮޓޯ ޝެއާކޮށް ކޮމެންޓްކޮށްފި އެވެ. އަދިވެސް މި ފޮޓޯގެ ޝެއާތައް އަންނަނީ އިތުރުވަމުންނެވެ.
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
މާމަދަރި ލިބުނީ މާމަގެ ބަނޑުން
މަންމައަށް ވުރެ ދަރިފުޅު "ހަގީ" އެންމެ އަހަރެއް!
އައިވީއެފް ހަދަން ނުޖެހޭ އެތައް ބަޔަކު އެ ފަރުވާ ހޯދާ
އައިވީއެފް ކާމިޔާބުވުމަށް ރޯދަ އަކީ އެހީއެއް
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
ޕްރިންސާއި ޔުވިކާއަށް ކުއްޖަކު ލިބިއްޖެ
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ