Roadha Mihaaru
އައިވީއެފް ކާމިޔާބުވުމަށް ރޯދަ އަކީ އެހީއެއް

އައިވީއެފް ކާމިޔާބުވުމަށް ރޯދަ އަކީ އެހީއެއް

18 ޖޫން 2016

ދަރިމައިވުމުގައި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނަށް އިން ވިޓްރޯ ފަޓިލައިޒޭޝަން (އައިވީއެފް) ހަދައިގެން ވެސް ކާމިޔާބު ވަނީ ވަރަށް އުނދަގުލުންނެވެ. އެކަމަކު، ފާކިހް އައިވީއެފް އަބޫ ދާބީގެ ރިޕްރޮޑަކްޓިވް އެންޑޮކްރިއޮނޮލިސްޓް އަދި ޕާޓިލިޓީ ސްޕެޝަލިސްޓް ޑރ. މޮނިކާ ޗައުލާ ވިދާޅުވަނީ އައިވީއެފް އިން ކާމިޔާބު ނުވާ މީހުން ރޯދަ ހިފުމުން އައިވީއެފް ކާމިޔާބުވުމަށް ވަރަށް ބޮޑަށް މަގު ފަހިކޮށްދޭ ކަމަށެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޑރ. ޗައުލާއާ ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައި ވަނީ ރޯދަ ހިފުމުން ހަށިގަނޑުން ސިންތެޓިކް އަދި އިތުރުވެފައި ހުންނަ ހޯމޯންސްތައް ބޭރުކޮށްލާ ކަމަށެވެ. މީގެ އިތުރުން ލިވަ ސާފުވެ ލޭގައި ހުންނަ އަލްކަލައިސް ވެސް މަދުކޮށްލާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"...މި ކަންކަމާ ގުޅިގެން ހަށިގަނޑުގެ ހޯމޯން ޕްރޮސެސް އާ ފެށުމަކުން ފެށޭ،" ޗައުލާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ އައިވީއެފް ހަދާ މީހެއްގެ ހަށިގަނޑު އެކަމަށް އެކަށީގެންވާ ގޮތަކަށް ބެހެއްޓުމަށް ޑައެޓީޝަނުންގެ އެހީތެރިކަން ހޯދައި ކެއުމަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އެކަމަކު ރޯދަ ހިފުމަކީ އައިވީއެފް ހެދުމަށް އެންމެ އެކަށީގެންވާ ގޮތަށް ހަށިގަނޑު ތައްޔާރުކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ޑރ. މޮނިކާ ޗައުލާ

ޑރ. މޮނިކާ ޗައުލާ

ޗައުލާ ވިދާޅުވެފައިވާ ގޮތުގައި، ރޯދަ ހިފުމުން ސެލްތަކުން ވިހަ މާއްދާތައް ނައްތާލައި ހޯމޯން ހަމަޔަކަށް އަޅުވަ އެވެ. އަދި އިތުރުވާ ހޯމޯންތައް ލިވަ އިން ނައްތާލަ އެވެ.

"ރޯދައިގެ ސަބަބުން އިންފްލެމޭޝަންތައް ކުޑަވެގެންދޭ. އަދި ހުރިހާ ގުނަވަންތަކަކަށް ވެސް ދިރުން ގެނެސްދޭ. ލޭގައި ހަރުކު ހުންނަ މިންވަރު ހަމަޔަށް އަޅުވައި ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އަދި ނާވަސް ސިސްޓަމަށް ހިމޭންކަން ލިބި ދަރިމައިވުމުގެ ނިޒާމުގެ މަސައްކަތް ހަމަޔަކަށް އަޅުވައި ތައްޔާރުކޮށްދޭ،" ދަރިމައިވުމުގެ ނިޒާމާ ބެހޭ ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ދަރިމައިވުމުގެ ނިޒާމަށް ރޯދައިގެ ސަބަބުބުން ހެޔޮ ބަދަލެއް އަންނަނީ ހަމައެކަނި އަންހެނުންނަށް ނޫން ކަމަށާއި ފިރިހެނުންގެ ދަރިފަނީގެ ބާރު ވެސް ރޯދައިގެ ސަބަބުން ގަދަވާ ކަމަށެވެ. އަދި ރޯދަ ހިފުމަކީ ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުންނަށް ފަރުވާ ކުރުމަށް އެޅޭ ހުރަހެއް ނޫން ކަމަށާއި ރޯދަ ހިފުމާ އެކު، ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ބޭހާއި އިންޖެކްޝަން ދީގެން ނަތީޖާ ނެރެން މާ ފަސޭހަ ވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.