Roadha Mihaaru
ކުނި ނައްތާލުމުގެ ނިޒާމު ހަދަން 33 މިލިއަން ޑޮލަރު

ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރަން އޭޑީބީން 33 މިލިއަން ޑޮލަރު ދީފި

16 އޯގަސްޓް 2018

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 33 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 33 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ރީޖަނަލް ކޯޕަރޭޝަންސްގެ ޑިރެކްޓަރު ރޮނާލްޑް އެންތޯނިއޯ އެވެ.

މި އެއްބަސްވުމުގެ ދަށުން އޭޑީބީން ދޭ 33.07 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން މެދުވެރިކޮށް ޖަޕާނު ސަރުކާރުން ދޭ ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކުނި ނައްތާލުމުގެ މަސައްކަތް މި ޕްރޮޖެކްޓްގެ ދަށުން ފަށާނެ ކަމަށެވެ.

މިނިސްޓަރު ތޯރިގް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޯޓޯ: އަހުމަދު ނިޝާތު/މިހާރު

މިނިސްޓަރު ތޯރިގް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޯޓޯ: އަހުމަދު ނިޝާތު/މިހާރު

"މިހާރު އޮތް ކުނި ގޮނޑު އެންދުން ހުއްޓާލައި އެތަން ރިހިބިލިޓޭޓް ކުރެވިގެންދާނެ. އަދި ތިލަފުށީގެ އެސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އުފެދޭ ދުމުގެ އަސަރު ވިލިމާލެ އާއި މާލެއަށް ވަރަށް ބޮޑަށް ކުރެ އެވެ. އެއީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ރައްކާތެރި ގޮތަކަށް ކުނި ނައްތާލުމަށް އިންސިނެރާޓާ ފަސް މެޝިން މިހާރު ވަނީ ތިލަފުށީގައި ބަހައްޓައިފަ އެވެ.

ކުނި ނެގުމާއި އެއްތަނުން އަނެއް ތަނަށް ކުނި ގެންދިއުމާއި ޑިސްޕޯސަލް ސިސްޓަމް ވަރުގަދަ ކުރުމާއި ކުނި އުފުލާ ޓްރަކްތަކާއި އެހެން އުޅަނދުތައް މި ޕްރޮޖެކްޓްގެ ދަށުން، ގަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މާލެ އަތޮޅާއި އދ. ގެ އިތުރުން ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނިކޮށިތައް ހަދައި ބޭނުންވާ ވަސީލަތްތައް އެ ޕްރޮޖެކްޓުގެ ދަށުން ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިމާލެ ދެ ވަނަ ފޭސް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން 300،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްފައި ވާއިރު އެޕްރޮޖެކްޓްގެ ކުރިން، ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި އެ ސަރަހައްދަކީ ކުނީގެ މައްސަލަ ހައްލުވެފައިވާ ތަނަކަށް ހައްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kuni nahthaalumuge nizaamu varugadha kurumah ADB in raajje ah 33 million dollar dhenee

Kuni nahthaalumuge nizaamu varugadha kurumah ADB in raajje ah 33 million dollar dhenee

The most trusted news source in the Maldives

Mihaaru

ކުނި ނައްތާލުމުގެ ނިޒާމް ހަރުދަނާ ކުރުމަށް އެހީ ދީފި--

ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި މިއީ އޭޑީބީން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަމަޖައްސައިދިން އެހީއެއް ކަމަށެވެ. މާލެ ސަރަހައްދުގެ ކުނި މެނޭޖް ކުރުމުގެ މުޅި ޕްރޮޖެކްޓަށް ބޭނުންވާ 125 މިލިއަން ޑޮލަރު ހަމަޖެހެމުން އަންނަ ކަމަށްވެ ސް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން އޭޑީބީން ރާއްޖެއަށް ދިން ފުރަތަމަ އެހީ އެވެ.

މި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނީ 2023 ވަނަ އަހަރު އެވެ. އަދި ޕްރޮޖެކްޓް ނިމޭއިރު، ކުނި ނައްތާލުން ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.