15 އޯގަސްޓް 2018
ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ޕެޓިޝަނެއް ހުޅުވާލައްވައިފި އެވެ.
ކެފޭ/ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ގޮވާލައި، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ޕެޓިޝަނެއް ހުޅުވާލައްވައިފި އެވެ.
މީގެ ދެ ދުވަސް ކުރިން، އޮންލައިންކޮށް އޭނާ ހުޅުވާލެއްވި މި ޕެޓިޝަނުގައި މިހާތަނަށް 1،135 މީހަކު ވަނީ ސޮއިކޮށްފަ އެވެ. އަފްއާލްގެ އަމާޒަކީ މަދުވެގެން 1،500 މީހުން ސޮއިކުރުމެވެ.
ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރަކަށް ވެސް ހުންނެވި އަފްއާލް ކުރިއަށް ގެންދަވާ މި ޕެޓިޝަންގައި ލިއެފައިވާ ގޮތުގައި ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލި ބަލިތަކުގަ އެވެ. މީގެ ތެރެއިން ވެސް ގިނަ މީހުންނަށް އެކަން މެދުވެރިވެފައި ވަނީ "ސެކަންޑް ހޭންޑް ސްމޯކް" ނުވަތަ އެހެން މީހުން ބޭނުން ކުރާ ދުންފަތުގެ ދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދޭ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެތަންތަނަށް ވަންނަ ސިނގިރޭޓް ނުބޯ މީހުން، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅޭ ކަމަށެވެ. އޭނާ ލަފާކުރެއްވި ގޮތުން، އެ ތަންތަނުގައި އަށް ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފަކަށް، 36 ސިނގިރޭޓް ބުއިމާ އެއްވަރަށް ދުންފަތުގެ އަސަރު ކުރާނެ އެވެ.
އެހެންވެ، އާމްދަނީ ހޯދަން މަސައްކަތް ކުރާއިރު، އެއްވެސް މީހަކު އެފަދަ ނުރައްކަލަށް ހުށަހެޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެފޭ/ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ މެދު އާއްމުން ދެކޭ ގޮތް ބެލުމަށް، އަފްއާލް ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ސޯޝަލް މީޑިއާ ޕޯލްއެއް ނަންގަވާފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް: ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އޭނާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން-- މިހާރު ފޮޓޯ
ޓްވިޓާގައި އޭނާގެ ނެންގެވި ޕޯލަށް 3,478 މީހުން ވޯޓް ދިންއިރު އޭގެ ތެރެއިން 59 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ އެތަންތަނުގައި އެކަން ކުރުމާ ދެކޮޅަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް އޮންނަން ތާއީދުކުރީ 41 ޕަސެންޓް މީހުންނެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ވެސް ގާނޫނެއް ހަދައި އަންނަނީ ތަންފީޒު ކުރަމުންނެވެ. އެ ގާނޫނު ބުނާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް، ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ. ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރެވެ އެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ޝީޝާ ވިއްކުމަށް އިސްކަން ދޭ ތަންތަން ވެސް އެބަ ހިންގަ އެވެ.
ސިނގިރޭޓު ހަނގުރާމައިގަ އެއް ފިޔަވަޅު ފަހަތުގައި
ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތް ހަދަން ބޭނުން
ފުޑްކޯޓުތަކުގައި ސިނގިރޭޓް ބޮވިގެން ނުވާނެ: ނިހާން
ފުޑް ކޯޓުގައި ސިނގިރޭޓް ބުއިން މަނާކުރަން އެދެފި
މަނާ ތަންތަނުގައި ސިނގިރޭޓު ބޯނަމަ ހުއްދަ ބާތިލްކުރަނީ
ބާސެލޯނާގެ ބީޗުގައި ސިނގިރޭޓް ބުއިން މަނާކޮށްފި
"އާ ބަދަލާއެކު ދުންފަތުގެ ކޮންޓްރޯލް ގެއްލިދާނެ"
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް
ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފި
"ދުންފަތާ ދެކޮޅު ކަންތަކުން ހެޔޮ ނަތީޖާ އަންނާނެ"