Roadha Mihaaru
އެސްތާ: އުމުރުން ހަގަސް ވިސްނުން ތޫނު

އެސްތާ: އުމުރުން ހަގަސް ވިސްނުން ތޫނު

15 އޯގަސްޓް 2018

މިއީ އުމުރުން 5 އަހަރުގެ އެސްތާ ލީ އެވެ. ދިރިއުޅެނީ އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެ އުމުރުގެ އެހެން ކުދިންނާ އެސްތާ ތަފާތުވަނީ ލިބިފައިވާ އާދަޔާހިލާފު ތޫނު ވިސްނުމުންނެވެ. މިކަން މީޑިއާތަކުގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ 2016 ގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ އުމުރުން 5 އަހަރުގެ އެސްތާ ލީ އެވެ. ދިރިއުޅެނީ އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެ އުމުރުގެ އެހެން ކުދިންނާ އެސްތާ ތަފާތުވަނީ ލިބިފައިވާ އާދަޔާހިލާފު ތޫނު ވިސްނުމުންނެވެ. މިކަން މީޑިއާތަކުގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައީ 2016 ގަ އެވެ.

އެސްތާ މިހާރު މަޝްހޫރު ދުނިޔޭގެ 195 ގައުމުގެ ވެރިރަށް އެއްވެސް ހާސްކަމަކާ ނުލައި ކިޔައި ދޭތީ އެވެ. އަދި މަޝްހޫރު ޝޭކްސްޕެއާގެ ޅެންތައް އޭނާ ހިތު ދަހެވެ. ރޯމިއޯ އެންޑް ޖޫލިއެޓްގެ މަންޒަރުތަކެއް ކިޔައިދޭށޭ ބުނެފި ނަމަ އެކަން ވެސް ވަރަށް ފަސޭހަކަމާ އެކު އޭނާކޮށްލަ އެވެ.

އުމުރުން އަދި އެންމެ ފަސް އަހަރުވީ އިރު ތިން ބަހަކުން ވާހަކަ ދައްކަން އެސްތާ އަށް މިހާރު އެނގެ އެވެ. އޭނާގެ މަންމައަކީ ޗައިނާ މީހެކެވެ. ބައްޕަ އަކީ މެލޭޝިއާ މީހެކެވެ.

"އަހަރެންގެ އެންމެ ގަޔާވަނީ ޝޭކްސްޕެއާގެ މަސައްކަތްތަކަށް. އެއީ ވަރަށް މޮޅު މީހެއް،" އެސްތާ ބުންޏެވެ. "ވަރަށް ކިޔާ ތްވާ ޝޭކްސްޕިއާގެ ޅެންތައް."

ޗައިނާ ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ އެސްތާގެ ބައްޕަ ޝޫ ބުނި ގޮތުގައި އެސްތާގެ ކިބައިގައި އާދަޔާހިލާފު ވިސްނުން ތޫނު ކަމެއް ހުރިކަން ފުރަތަމަ ފާހަގަ ކުރެވުނީ އުމުރުން އެންމެ ދޮޅު އަހަރުގަ އެވެ.

"ތައިލެންޑަށް ދެހާސް ފަނަރައިގައި އަހަރެމެން ކުރި ދަތުރެއްގެ ތެރޭގައި މަޖަލަކަށް ހަދާފައި އެސްތާ ކައިރިން އަހަރެމެން އެހީ ކޮބައިތޯ މި ގައުމުގެ ވެރި ރަށަކީ. އޭނަ ވަގުތުން ޖަވާބު ދިން ބެންކޮކޭ ކިޔާފައި،" ޝޫ ބުންޏެވެ. "އޭގެ ފަހުން މިހެން ދޭތެރެއަކުން އަހަރެން ގައުމެއްގެ ނަން ބުނެފައި ވެރިރަށަކީ އަހާލައިފި ނަމަ ވަގުތުން ހަމަ ޖަވާބު ދޭނެ. އަނެއްކޮޅުކަން މިކަން އަހަރެމެންނަށް ވެސް ބޮޑު ޝޮކަކަށްވީ."

އޭނާ ބުނި ގޮތުގައި ތުއްތު ދަރިފުޅަށް ގުދުރަތީ ގޮތުން ލިބިފައިވާ ވިސްނުން ތޫނުކަމާ ހުރެ އާއިލާ އިން ދަރިފުޅާ ދޭތެރޭ ވަރަށް ފަހުރުވެރި އެވެ. އަދި އެސްތާ ވަރަށް މޮޅު މީހަކަށް ހަދަން ބޭނުންވާ ކަމަށް ޝޫ ބުންޏެވެ.

"އެންމެ އުފާވަނީ ދަރިފުޅު ކައިރީ އެއް ފަހަރު ބުނާ އެއްޗެއް އަބަދު ވެސް އޭނާގެ ހަނދާނުގައި ހުންނާތީ،" އޭނާ ބުންޏެވެ. "އެހެންވެ ވަރަށް ފަސޭހަ އެސްތާ ގެންގުޅެން ވެސް."