18 ފެބުރުއަރީ 2022
އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ސިޑްނީގައި މިދިޔަ ބުދަ ދުވަހު މޫދަށް އެރި އުޅުނު މީހަކަށް ހަމަލާދީ އެ މީހާ މަރާލި މިޔަރެއް ހޯދަން އެ ގައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިއްޔެ މަސައްކަތް ފަށައިފި އެވެ.
އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ސިޑްނީގައި މިދިޔަ ބުދަ ދުވަހު މޫދަށް އެރި އުޅުނު މީހަކަށް ހަމަލާދީ އެ މީހާ މަރާލި މިޔަރެއް ހޯދަން އެ ގައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިއްޔެ މަސައްކަތް ފަށައިފި އެވެ.
ސިޑްނީގެ އިދާރާތަކުން ބުނި ގޮތުގައި މިއީ މިޔަރެއް ހަމަލާދީގެން މިދިޔަ 59 އަހަރުގެ ތެރޭގައި އެ ސިޓީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އެ މީހާ މަރުވުމާ ގުޅިގެން އިއްޔެ އިން ފެށިގެން އެ ސިޓީގައި މޫދަށް އެރުން ވަނީ މަނާކޮށްފަ އެވެ.
މިޔަރެއް ހަމަލާދީ އެ މީހާ މަރާލީ ސިޑްނީގެ ދެކުނު އިރުމަތީ ސަރަހައްދެއް ކަމަށްވާ ލިޓުލް ބޭގެ މޫދަށް އެރި އުޅެނިކޮށެވެ. މަރުވި މީހާގެ އައިޑެންޓިޓީ އަދި މިހާތަނަށް އެނގިފައި ނުވާއިރު، އިދާރާތަކުން ބުނި ގޮތުގެ އެ މިޔަރު ހަމަލާދިނީ އެއްގަމާ ވަރަށް ކައިރީގައި މޫދުގައި އޭނާ ފަތަން އޮއްވާ ކަމަށެވެ.
ސިޑްނީގައި މިޔަރެއް ހަމަލަދީ މީހަކު މަރާލި މޫދުގެ ސަރަހައްދު.
ކަނޑުމަގުންނާ އަދި ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން ވެސް އެ މިޔަރު ހޯދުމަށް ސިޑްނީގެ އިދާރާތަކުން އެ ސިޓީ މޫދުގެ އިރުމަތީ ފަރާތުން ފެށިގެން ދެކުނަށް 25 ކިލޯމީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވެ އެވެ.
އެ ހަމަލާގެ ވަގުތު މޫދު ކައިރީގައި އުޅުނު އެހެން މީހަކު ނަގާފައިވާ ފޮޓޯއަކާ ހަވާލާދީ ސަރުކާރުން ބުނި ގޮތުގައި އެއީ ތިން މީޓަރުގެ ދިގުމިން ހުންނަ ފެމުނު މިޔަރެކެވެ.
މިޔަރު ހަމަލާތަކަކީ ސިޑްނީގައި އެހާ އާންމު ކަމެއް ނޫނެވެ. މޫދަށް އެރޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ކުރިންސުރެ، އެ ސިޓީގެ މޫދުގެ ހިސާބުތަކުގައި އެފަދަ ހަމަލާތައް ހިނގިޔަ ނުދިނުމަށް ދާ އަޅާފައިވެ އެވެ.
އޮސްޓްރޭލިއާގެ އެހެން ހިސާބުތަކުގައި މިޔަރު ހަމަލާތައް އާންމު ނަމަވެސް، އެ ހަމަލާތަކުގައި މަރުވެފައި ވަނީ ވަރަށް މަދު މީހެކެވެ.
ޒައިދާން އަބަދުވެސް ދެއްކީ އެމްއެންޑީއެފަށް އޮތް ލޯބި
ގެއްލުނު މަސްވެރިޔާ ފެނުނީ ކިނބުލުގެ ބަނޑުން
އޮސްޓްރޭލިޔާގައި ބަޑި ޖަހައި 6 މީހަކު މަރާލައިފި
ސިޑްނީގެ އާންމުން ސަލާމަތްކަން ހޯދުމަށް އަންގައިފި
މިސްކިތް ބިނާކުރާ ފަންޑަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ
ޕްލޭނަކީ ސިޑްނީ ހާބަރުގައި ޕޫލެއް ހެދުން
ސިޑްނީ، ކޮވިޑާ އެކުގައި އުޅެން ފަށައިފި
ތުއްތުކުއްޖަކު ރޯހެން އަޑުލައްވާ ދޫންޏެއް
ޑޮކްޓަރަކަށް ހެދިގެން އަށް މަސް ވަންދެން އުޅެފި
މޭގަންގެ ސްޓެޗޫ ވެސް ބަނޑުބޮޑުކޮށް