13 އޯގަސްޓް 2018
ޕެންޝަން ފަންޑެއް ރާއްޖޭގައި އުފެއްދީ އުމުރުން ދުވަސްވެ، ވަޒީފާއިން ވަކިވާ ދުވަހު އަތްމަތި ދަތިނުވެ ދިރިއުޅެވޭނެ ގޮތެއް ހެދުމުގެ ބޭނުމުގަ އެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތަށް، އެ މީހަކު ޖަމާކުރި ފައިސާ، އުމުރުން 65 އަހަރު ވުމުން، ވަކި އަހަރެއް ވަންދެން ލިބެމުންދެ އެވެ. އެ ފައިސާ ދޫކުރާ ސްކީމަކީ ރިޓަޔާމަންޓް ޕެންޝަން ސްކީމެވެ.
ޕެންޝަން ފަންޑެއް ރާއްޖޭގައި އުފެއްދީ އުމުރުން ދުވަސްވެ، ވަޒީފާއިން ވަކިވާ ދުވަހު އަތްމަތި ދަތިނުވެ ދިރިއުޅެވޭނެ ގޮތެއް ހެދުމުގެ ބޭނުމުގަ އެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތަށް، އެ މީހަކު ޖަމާކުރި ފައިސާ، އުމުރުން 65 އަހަރު ވުމުން، ވަކި އަހަރެއް ވަންދެން ލިބެމުންދެ އެވެ. އެ ފައިސާ ދޫކުރާ ސްކީމަކީ ރިޓަޔާމަންޓް ޕެންޝަން ސްކީމެވެ.
ރިޓަޔާމަންޓް ޕެންޝަން ސްކީމަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މީހާގެ އަތުން އަސާސީ މުސާރައިގެ ޖުމްލަ 14 ޕަސެންޓް ނެގުމަށް ފަހު، 65 އަހަރު ވުމުން ފައިސާ ދޫކުރާ ސްކީމެވެ. އެ ފައިސާ 14 އަހަރަށް ބަހާލައިގެން ފެންޝަން އޮފީހުން އެ މީހަކަށް ދެ އެވެ.
އުމުރުން 65 އަހަރު ވުމުން ވަޒީފާއިން ވަކިވެ ޕެންޝަން ފައިސާ ދެމުން އަންނަނިކޮށް ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި ގއ. އަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ ރިޓަޔާކުރާ އުމުރު މަތިކުރުމަށް، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރިޓަޔާކުރަން ޖެހޭ އުމުރަކީ 65 އަހަރު ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ދިވެހިންގެ ވައްޓަފާޅިއަށް އައިސްފައި ހުރި ބަދަލާއި ސިއްހީ ހޭލުންތެރި ކަމަށް ބަލާފައި ގާނޫނަށް ބަދަލު އަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޔާމީން އެ ގެންނަވަން އުޅުއްވާ ބަދަލާ މެދު ބައެއް ފަރާތްތަކުން ދަނީ ފާޑު ކިއަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރިޓަޔާކުރާ އުމުރު ބަދަލުކޮށްފި ނަމަ ޕެންޝަނުގެ ހަގީގީ މަންފާ އޭގެ ވެރިންނަކަށް ނުލިބޭނެ އެވެ. އަދި އެ ފައިސާ ލިބޭނީ ގައި ބާރު ދޫވެ، އަމިއްލައަށް ހެލިފެލިވެ ނޫޅެވޭވަރު ވުމުންނެވެ.
އަނެއް ބަޔަކު ސިފަކުރާ ގޮތުގައި ޕެންޝަނާ ބެހޭ ގާނޫނަށް އެ ބަދަލު ގެނައުމަކީ "މަކަރެކެ"ވެ. އަދި ބަދަލު ގެންނަނީ އަލަށް 65 އަހަރު ފުރޭ މީހުންނަށް އިނާޔަތް ދެވޭ ވަރަށް ޕެންޝަން ފަންޑުގައި ލާރި ނެތިގެން ކަމަށް ލަފާކުރާ މީހުން ވެސް އުޅެ އެވެ.
ރިޓަޔާމަންޓް ޕެންޝަން ސްކީމެއް އެކުލަވަލާއި ހިންގުމުގެ އިސްކޮށް އުޅުއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ވަޒީފާއިން ރިޓަޔަކުރާ އުމުރު ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި މައްޗަށް ޖައްސަމުން ދިޔަ ނަމަވެސް، ރައީސް ޔާމީން ވިދާޅުވި ފަދަ އުމުރަކަށް އެއްވެސް ގައުމެއްގައި ބަދަލުކޮށްފައި ނުވާ ކަމަށެވެ.
"ތަރައްގީވަމުން އަންނަ ގައުމުތަކުން މައްޗަށް ޖައްސަނީ ދެތިން ދަރަޖަ. މާ މައްޗަށް ޖައްސާލީމަ ޕެންޝަން ފަންޑުގެ ބޭނުން ކެނޑިދާނެ. އެހެންވެ އެ ބަދަލު ގެންނަނީ ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު އޮފީހެއްގައި މުވައްޒަފަކު މަސައްކަތްކުރަނީ: ޕެންޝަން ފަންޑަކީ މުހިންމު ހިމާޔަތެއް
ރިޓަޔާމަންޓް ޕެންޝަން ފައިސާ ލިބޭ އެހެން ގައުމުތަކުގެ މީހުން އެ ފައިސާ ލިބެން ފެށުމުން އަމިއްލަ ވިޔަފާރިއެއް ފެށުން ނުވަތަ ދުނިޔެ ބަލައިލަން އެކި ގައުމުތަކަށް ދަތުރުކުރުން ނުވަތަ އެ ނޫން ވެސް ފައިދާ ހުރި ކަމަކަށް އިންވެސްޓްކުރެ އެވެ. ނަމަވެސް އުމުރުން 75 އަހަރަށް ދިއުމުން އެ ފައިސާ އިން ކުރެވޭނެ މާ ބޮޑު ބޭނުމެއް އޮންނާނެ ކަމަކަށް، އެއްބަޔަކު ނުދެކެ އެވެ.
"އެ މީހާގެ ގައިބާރު ދޫވުމުން އެ ފައިސާ ލިބިގެން ލިބޭނެ މާ ބޮޑު ހިތްހަމަޖެހުމެއް ނޯންނާނެ. އަނެއްކާ އެހާ ބޮޑު ބަދަލެއް ގެނައުމަކީ އިންސާފުވެރި ނިންމުމަކަށް ވެސް ނުވެދާނެ. ވަރަށް ގިނަ ބަޔަކު އެ މީހުން ކުރާ ހިތްވި މަސައްކަތް ދޫކޮށްލާ 65 އަހަރު ވުމުން. އެ މީހުންނާ މެދު ވެސް ވިސްނާލާ ނަމަ މިހާ ބޮޑު ބަދަލެއް ގެންނާކަށް ނޫޅޭނެ،" އިޖުތިމާއީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޓަޔާކުރާ އުމުރު 75 އަހަރަށް ހެދުމަށް ފަހު ވެސް، 65 އަހަރު ވުމުން އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދޭ އެލަވަންސް ދޭ ނަމަ، އެ ސިޔާސަތު ދެކޮޅުނުޖެހޭ ކަމަށެވެ.
"މިހާ ބޮޑު ބަދަލެއް ގެނެސްފި ނަމަ މުޅި ނިޒާމް ގަޑުބަޑުވާނެ. އަދި އޭގެ އިތުރުން މި ޕެންޝަން ނިޒާމާ މެދު ގިނަ ބަޔަކު ފޫހިވެ މާޔޫސްވެދާނެ. މިހާރު ވެސް ގިނަ ބަޔަކު ބޭނުންވޭ 65 އަހަރު ވުމުގެ ކުރިން ވެސް ފައިސާ ލިބެން. އެހެންވެ ބައެއް މީހުން 55 އަހަރު ވުމުން އަމިއްލައަށް އެބަ ރިޓަޔާކުރޭ،" އޭނާ ވިދާޅުވި އެވެ.
ޕެންޝަން ފަންޑަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މުއްސަނދި ފަންޑެވެ. އެ ފަންޑުގެ މުއްސަނދިކަމުގެ ބޭނުން ސަރުކާރުން ވެސް އަންނަނީ ހިފަމުންނެވެ. އެގޮތުން ޓްރެޝަރީ ބޮންޑާއި ޓްރެޝަރީ ބިލް ވިއްކައިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސަމުން ގެންދެ އެވެ.
"ފަހަރެއްގައި ވެދާނެ ސަރުކާރުން ބޭނުންވާ ވަރަށް ފައިސާ މިހާރު އެ ފަންޑުން ނުލިބެނީ 65 އަހަރަށް ހަމަޖައްސާފައި އޮތުމުން ކަމަށް. އެހެންވީމަ 75 އަހަރަށް ހަދައިފި ނަމަ އެކަށީގެންވާ ބޮޑު އަދަދެއް ޕެންޝަން ފަންޑަށް ޖަމާވެފައި ހުރެދާނެ،" ކުރިން ވާހަކަދެއްކެވި އެއް ބޭފުޅަކު ވިދާޅުވި އެވެ.
ރިޓަޔާކުރާ އުމުރަށް ބަދަލު ގެނެސްފި ނަމަ މިހާރު އޮތް ޕެންޝަން ނިޒާމްގެ ބޭނުން ކެނޑިދާނެ އެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނައި އަދި އެތައް ބައެއްގެ ހިޔާލު ބޭނުންވާ ކަމެކެވެ. އަދި މިއީ ރައްޔިތުންގެ މަޖިލިހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭނެ މައްސަލައެއް ވެސް މެ އެވެ.
ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ޑަބަލް ޕެންޝަން ދޭ 13 އިދާރާ: އަވަހަށް ހުއްޓާލާ!
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް
ޕެންޝަން ފަންޑުން ކަމެއް ކުރަން ވާނީ ދިރާސާ ކޮށްގެން
ރިޓަޔާކުރާ އުމުރު މަތިކުރުމުން އިނާޔަތް ބޮޑުވާނެ:ރައީސް
ޑައުން ޕޭމަންޓް އެއްބަސްވުމުގައި އެމްސީބީ ސޮއިކޮށްފި
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި
ޕެންޝަން ފަންޑުގެ އިދާރީ ފީ ކުޑަކުރަނީ