21 ޖޫން 2018
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް ޑައުން ޕޭމަންޓް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޕެންޝަން އޮފީހުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އާ އެކު އިއްޔެ ސޮއިކޮށްފި އެވެ.
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ ތެރެއިން ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް ޑައުން ޕޭމަންޓް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ޕެންޝަން އޮފީހުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އާ އެކު އިއްޔެ ސޮއިކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު މަނިކެވެ. އެމްސީބީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑައިރެކްޓާ ޑެޒިރޭ ލިއޯ އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ގެދޮރު ގަންނަން ލޯނު ލިބޭ ގޮތް ހެދީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި ބަދަލަކުންނެވެ.
ގާނޫނަށް ގެނައި ބަދަލާ އެކު، ޕެންޝަން އޮފީހުން ހެދި ގަވާއިދުގެ ދަށުން، ގެދޮރު ގަންނަން ޑައުން ޕޭމަންޓުގެ ގޮތުގައި ޕެންޝަން ސްކީމްގައި ހުންނަ އެ މީހެއްގެ ފައިސާގެ 80 ޕަސެންޓް ބޭނުން ކުރެވޭނެ އެވެ. އަދި ގެދޮރު ގަންނަން ނަގާ ލޯނަށް އެދި ހުށަހަޅާއިރު އާއިލާގެ މެންބަރުންގެ ރިޓަޔަމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާ އެއްކޮށްލައިގެން ވެސް ލޯނުގައި ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ޕެންޝަން އޮފީހުން ބުނީ، ގެދޮރު ގަންނަން 183 މީހެއްގެ ޕެންޝަން ފައިސާ ކޮލޮޓަރައިޒްކޮށް، 124 ލޯނު މިހާތަނަށް ނަގާފައިވާ ކަމަށެވެ. އެ ލޯނުތަކަށް ކޮލޮޓަރައިޒް ކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 28.8 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމް މެދުވެރިކޮށް ޑައުންޕޭމަންޓް ދެއްކުމަށް މިހާތަނަށް އެމްސީބީގެ އިތުރުން ސީބީއެމް އާއި ބީއެމްއެލް، އިސްލާމިކް ބޭންކް އަދި އެޗްޑީއެފްސީއާ އެކު ވަނީ ސޮއި ކޮށްފަ އެވެ.
ޕެންޝަނުން ގެ ގަންނަ ލޯނު އެމްއައިބީ، އެމްއެފްއެލްސީން
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް
ޕެންޝަން ފަންޑުގެ އިދާރީ ފީ ކުޑަކުރަނީ
ޑައުން ޕޭމަންޓް ދައްކަން އެމްއައިބީއާ އެކު ސޮއިކޮށްފި
ޕެންޝަންގައި ބައިވެރިނުވެގެން ކުރާ ޖޫރިމަނާ ކުޑަކޮށްފި
ޕެންޝަންގެ ބާގަނޑު ބައްދަން ބޭނުންވަނީ ހިތްވަރެއް