12 އޯގަސްޓް 2018
އިބީޒާ، ސްޕެއިން (އޮގަސްޓް 12) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އަށް ނިއުމޯނިއާ ޖެހި ސްޕެއިނުގެ އިބިޒާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އިބީޒާ، ސްޕެއިން (އޮގަސްޓް 12) – ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އަށް ނިއުމޯނިއާ ޖެހި ސްޕެއިނުގެ އިބިޒާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ޑިއާރިއޯ ޑި އީބިޒާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 41 އަހަރުގެ ކުޅުންތެރިއާ އިބީޒާގެ ސޭން މިސެސް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ ހުކުރު ދުވަހު މެންދުރުފަހު ކަމަށެވެ. އަދި ފަހުން ރޮނާލްޑޯގެ އެދުމުގެ މަތިން އޭނާ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ކްލިިނިކާ ނުއެސްޓްރާ ސެނޯރާ ޑެލް ރޮސާރިއޯ އަށް ޓްރާންސްފާކޮށްފައިވާ ކަމަށްވެ އެވެ.
ފުއްޕާމޭގައި އިންފެކްޝަނެއް އުފެދި ޖެހޭ މި ބައްޔަށް ރޮނާލްޑޯ އަށް އައިސީޔޫގައި އަދިވެސް ފަރުވާ ދެމުން އަންނައިރު ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވާހަކަދެއްކި މީހަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ސްޕެއިނުގެ ހޮލިޑޭ އައިލެންޑުގެ ގޮތުގައި މަޝްހޫރުވެފައިވާ އިބީޒާގައި ރޮނާލްޑޯގެ އަމިއްލަ ގެޔެއް ހުންނައިރު، އޭނާ އެތަނަށް ވަރަށް ގިނައިން ޗުއްޓީއަށް ދެ އެވެ. ކުޅުން ހުއްޓާލި ފަހުން ރޮނާލްޑޯ ބޮޑަށް ފެންނަނީ ފީފާގެ އާއި ރެއާލް މެޑްރިޑުގެ އެމްބެސެޑަރެއްގެ ގޮތުގަ އެވެ.
2000 ވަނަ އަހަރުގެ އިޓާލިއަން ކަޕުގެ ފައިނަލުގައި ރޮނާލްޑޯގެ ކަކުލަށް އަނިޔާވުމުން ރޮނީ.
ބްރެޒިލް ގައުމީ ޓީމަށް އުމުރުން 17 އަހަރުގައި ކުޅެން ފެށި ރޮނާލްޑޯ ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނިފަ އެވެ. އޭގެ ހަތަރު ފަހަރުން 1998 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް އޭނާގެ މޮޅު ކުޅުމާ އެކު ބްރެޒިލް ގެންގޮސްދިން ނަމަވެސް ފައިނަލުގައި އެދެވޭ ކުޅުމެއް ނުދެއްކި ފްރާންސް އަތުން ބަލިވީ އެވެ.
ދެން ކުރިމަތިވީ އަނިޔާގެ މައްސަލަތަކެކެވެ. އެގޮތުން އިންޓަ މިލާނަށް ކުޅެނިކޮށް 1999 ވަނަ އަހަރުގެ އިޓާލިއަން ލީގު މެޗެއްގައި، ކަކުލު ހުޅާއި ތަބިކަށި ގުޅުވައިދޭ ޓެންޑޮން ކަނޑައިގެން ގޮސް ސީރިއަސް އަނިޔާއެއްވި އެވެ. ފަރުވާއަށް ފަހު އެނބުރި އައި ފުރަތަމަ މެޗުގައި 2000 ވަނަ އަހަރުގެ އިޓާލިއަން ކަޕުގައި ފައިނަލުގައި ލާޒިއޯއާ ދެކޮޅަށް ކުޅެނިކޮށް ދެ ވަނަ ފަހަރަށް ކަކުލަށް އަނިޔާވި އެވެ.
އެ އަނިޔާގައި ދެ އަހަރު ހޭދަކުރުމަށް ފަހު ފިޓްވެ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމަށް ދެއްކި ހިތްވަރާއި މޮޅު ކުޅުމަށް އެތައް ބަޔެއްގެ ތައުރީފް އޮހުނެވެ. ޖެހިގެން އައި ވޯލްޑް ކަޕުގައި ވެސް ކުޅެ ލަނޑު ޖެހި ރޮނާލްޑޯ ވަނީ ބްރެޒިލާ އެކު ކޮޕާ އެމެރިކާ ދެ ފަހަރު އަދި ފީފާ ކޮންފެޑެރޭޝަންސް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ބްރެޒިލް ގައުމީ ޓީމަށް 2011 ވަނަ އަހަރުގެ ނިޔަލަށް 98 މެޗުން 62 ގޯލް ޖަހައިދިން ރޮނާލްޑޯ ވަނީ ކްލަބް ކެރިއަރުގައި އިންޓަގެ އިތުރުން ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އޭސީ މިލާނަށް ކުޅެފަ އެވެ. އޭނާ އަކީ މެޑްރިޑާއި ބާސެލޯނާ ވާދަކުރާ އެލް-ކްލެސިކޯ މެޗާއި މިލާނާއި އިންޓަގެ މިލާން ޑާބީގައި، ދެ ޓީމުގެ ޖާޒީގައި ކުޅުނު ހަމައެކަނި ކުޅުންތެރިއާ އެވެ. ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމް 1996، 1997 އަދި 2002 ގައި އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިއާއަށްދޭ ބެލޮންޑިއޯ އެވޯޑް 1997 އާއި 2002 ވަނަ އަހަރު ހާސިލްކުރި ރޮނާލްޑޯ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ސެންޓަ ފޯވާޑެވެ.
މާ ވަރުގަދަކޮށް ނޭމާ އެނބުރި އަންނާނެ: ރޮނާލްޑޯ
ބްރެޒިލްގެ ކޯޗަކަމާ ހަވާލުވާން ގާޑިއޯލާ ބޭނުމެއް ނުވި
ކަކޫ "ބަޑިގޮވުން": ރޮނާލްޑޯގެ ވެއްޓުމާއި އެނބުރި އައުން
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
އުރުގުއޭ އަށް ގޮތެއް ހަދާނުލެވި ބްރެޒިލް ރަށަށް
ބްރެޒިލަށް ލިބުނީ ދެވަނަ، ކުއާޓާ އަށް ވިނީ ސަސްޕެންޑް
ކޮންމެބޯލް އަދި ރެފްރީން ވެސް ތިބީ ބްރެޒިލާ ދެކޮޅަށް
ބްރެޒިލަށް ކޮސްޓަރިކާ ކައިރީ އެެއްކަމެއް ވެސް ނުވި
ރޮނާލްޑޯގެ ދެ ކްލަބް ވިއްކާލަން އުޅޭތީ ފޭނުން ރަތަށް
ރޭސިޒަމްއާ ދެކޮޅު މެޗުން ޗެރިޓީއަށް ފައިސާއެއް ނެތް